މާޅޮސްމަޑުލު ދެކުނުބުރީ ކިހާދުއްފަރުގައި ގާނޫނާ ހިލާފަށް ރިސޯޓު ހިންގަމުންދާތީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކިހާ މޯލްޑިވްސް ރިސޯޓު ހިންގާ ކިހާދުއްފަރަކީ އެ މިނިސްޓްރީ އާއި އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ރަށެއް ކަމަށެވެ.
ނަމަވެސް، އެ ރަށުގައި ތަރައްގީކުރި ރިސޯޓު މިނިސްޓްރީގެ މިންގަނޑަށް ނުފެތޭތީ، މިންގަނޑަށް ފެއްތުމަށް ތަކުރާރުކޮށް ފުރުސަތު ދީފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.
ކަންކަން ރަނގަޅުކުރަން އެ ރިސޯޓަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތުވެސް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށާއި އެ މުއްދަތު ފަހަނައަޅައިދިޔައިރުވެސް ކަންކަން ރަނގަޅުކޮށްފައިނުވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ، ހުއްދަ ނެތި އެ ރިސޯޓު ހިންގާތީއާއި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ޓޫރިސްޓުން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް އަދިވެސް މި މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭތީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި މިނިސްޓްރީން ވަނީ ކިހާ މޯލްޑިވްސް ރިސޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު