ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސް އޮފީހުން ނުކުމެވަޑައިގެންނެވި ވަގުތު ނޫސްވެރިންތަކެއް ކުރި އިޙްތިޖާޖުގައި ފެނިގެންދިޔަ ކަންތައްތަކާއި އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު 7 ފެބުރުއަރީގެ ހާދިސާގެ ހަނދާންތަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އާކުރަށްވައިފިއެވެ.
މީޑިއާ ރެގިއުލޭޓަރީ ބިލް ރައްޔިތުންގެ މަޖިލީހަށް ވެއްދިއިރު އެ ބިލުގައި ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ ނޫސްވެރިންތަކެއްވަނީ އިއްޔެ ރައީސް އޮފީސް ކައިރީގައި އިހުތިޖާޖު ކޮށްފައެެވެ. އެ އިހުތިޖާޖަށްފަހު ރައީސް ވަނީ ނޫސްވެރިންނާއި ބައްދަލުކުރަށްވާފައެވެ.
އެ ބައްދަލުވުމަށްފަހު ރައީސް މުޢިއްޒު އޮފީހުން ނުކުމެވަޑައިގެން މުލިއާގެއަށް ވަޑައިގެންނެވިއިރު އެތާ ތިބި ނޫސްވެރިންވަނީ ރައީސް ހިންގަވާފައި ވަޑައިގެންނެވި އިރު އެމަނިކުފާނުގެ ފަހަތުން ދުވެ، ރައީސާ ސުވާލުތައް ކުރިމަތިކުރަން މަސައްކަތް ކޮށްފައެވެ. ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ފުލުހުންނާއި ސިފައިން އެކަމަށް ހުރަސްއަޅަމުން ގެންދިޔަ ނަމަވެސް ރައީސް ވަނީ އެކަން އެގޮތަށް ނުކުރުމަށް އަންގަވާފައެވެ.
އިއްޔެ ހިނގާދިޔަ ކަންކަމާއި ގުޅުވައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވަނީ އިއްޔެގެ ހާދިސާއާ ގުޅިގެން، ސީރިއަސް ސުވާލުތަކެއް ކުރަށްވާފައެވެ. އެގޮތުން ހިނގާދިޔަ މިކަންކަމާއި ގުޅިގެން މޫސާ މަނިކު ވިދާޅުވީ، އިއްޔެގެ ހާދިސާ އާއެކު ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު 7 ފެބުރުއަރީގެ ހަނދާންތައް އާވެއްޖެ ކަމަށެެވެ. އަދި އިއްޔެ މިފެނުނީ ސިޔާސީ ބަޔަކު ރައީސަށް "ލަގާއެއް" ދިނުމުގެ ކޮޅުމަތިތޯ މޫސަ ސުވާލުކުރެއްވިއެވެ.
އެމްއެންޑީއެފް ސެކިއުރިޓީގެ ހިމާޔަތްދެމުންދަނިކޮށް، ސަރުކާރާއިމެދު ހިތްހަމަނުޖެހިގެން ނޫސްވެރިންތަކެއް ރައީސް އޮފީސް ދޮށަށް އެއްވެ މުޒާހަރާ ކުރަމުންދަނިކޮށް އެމީހުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް މުޢިއްޒުއަށް މަޖުބޫރުކުރުވި މަންޒަރާއެކު މޫސާ މަނިކު ވަނީ ރައީސްގެ ސެކިއުރިޓީއިން އެފަދަ ހާލަތެއްގައި ރައީސް މަގުމައްޗަށް ނެރުނު ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.
"އިއްޔެ 28 އޮގަސްޓްގަ، އަނެއްކާވެސް 7 ފެބްރުއަރީގެ ހަނދާންތައް އާވެއްޖެއެވެ. ސަރުކާރާމެދު ހިތްހަމަނުޖެހިގެން ބަޔަކު މުޒާހަރާ ކުރަނިކޮށް، އެމްއެންޑީއެފް ސެކިއުރިޓީން ރައީސް އެތަނަށް މަގުމަތީގައި ނެރުނީ ކީއްވެބާއޭ ހިތަށްއެރިއެވެ؟ ރައީސް ދުއްވާނެ ކާރާއި ޖިޕާ، ޓޭންކަރާއި ހުއްޓާ އެގޮތަށް ނެރުނީ ކީއްވެބާވައެވެ؟" މޫސާ މަނިކު ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން ރައީސުން ބައެއް ފަހަރު ވަރަށް "ގައްޑާ" ވާންވެގެން އެކަހަލަ ތަންތަނަށް ދާން އުޅޭކަމަށް ފާހަގަކުރައްވައި، މޫސާ މަނިކު ވަނީ އެފަދަ ހާލަތްތަކުގެ ނުރައްކަލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ، މަގުމަތިން ރައީސަށް ހަމަލާއެއް ދޭން އުޅޭކަމަށް ހީވެގެން ސެކިއުރިޓީ މީހަކު ބަޑީގެ ވަޒަން ބޭރުކޮށްލައިފިނަމަ އެތައް ބަޔަކު މަރުވެ ޒަޚަމްވެ، މުޅި މަންޒަރު ބަދަލުވާނެ ކަމަށެވެ.
މީގެ އިތުރުން މޫސާ މަނިކު ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ހިނގާދިޔަ ހާދިސާއާއި މިކަން ގުޅުވައި، ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، 7 ފެބްރުއަރީގައިވެސް ރައީސަކު ގަދަ ވާންވެގެން މުލީއާގެއިން ނުކުމެގެން ގޮސް ސިފައިންގެއަށް ވަނުމުން، ސިފައިން ކަންކުރި ގޮތުން މިޤައުމު އެތައް މުސީބާތަކަށް ވެއްޓުނު ކަމަށެވެ.
"ސުވާލަކީ ސިފައިންގެ ކަންކަމާ ހަވާލުވެ ތިބި ސިޔާސީ ބަޔަކު ރައީސަށް ލަގާއެއް ދިނުމުގެ ކޮޅުމަތި ފެންނަން ފެށީ ބާވައެވެ؟" މޫސަ ސުވާލު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު