ރައީސަކު ރައްޔިތުންގެ ހައްގަކަށް އަރައިގަންނަނަމަ އެ ރައްޔިތުން ރައީސް ޖަވާބުދާރީ ކުރުވާނެކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަލިއަޅުވާލައްވައި، މިހާރު މި ސަރުކާރުން ކުރަމުންދާ ކަންކަމާއި ގުޅުވައި އައްބާސް އެކްސްގައި ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާއަކީ ރައްޔިތުން ހޮވާ، މުސާރަ ދީ، ދިރިއުޅޭނެ ތަނެއް ދީ، ކެއުމާއި ބޭސް ފަރުވާ ހަމަޖައްސަދީފައިހުރި ރައްޔިތުންގެ ހާދިމެއްކަމަށެވެ. އެހެންކަމުން ރައީސަކު ރައްޔިތުންގެ ހައްގަކަށް އަރައިގަންނަ ނަމަ އެ ރައްޔިތުން އެ ރައީސަކު ޖަވާބު ދާރީ ކުރުވާނެކަމަށް އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވެރިޔަކު ރައްޔިތުންނަށް ނުކުރާ އިހުތިރާމެއް އެ ވެރިޔަކަށް ނުލިބޭނެކަމަށެވެ.
"ރާއްޖޭގައި އޮތީ ރަސްކަމެއް ނޫން ހުރީ ރަސްކަލެއް ނޫން. ރާއްޖޭގައި އޮތީ 3 ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ ދަށުން ހެދިފައިވާ ޤާނޫނުއަސާސީއެއް. އެއީ ރައްޔިތުން ނިންމާ ޤަބޫލު ކުރިނިޒާމް. އެހެންކަމުން ރައްޔިތުން ނިންމި ނިންމުންތަކުގެ ރިވެތި ސިފަތަށް ގެއްލުވާލާ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެންމެހާ ހައްޤުތަށް ހަނިކޮށް ޤާނޫނު އަސާސީ ކޮށާ މަށާ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖެހީމަ ރައްޔިތުން ކުޅިބަލަން ތިބޭކަށް ނުޖެހޭ،" އައްބާސްގެ ޕޯސްޓްގައި ވެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާއާ ގުޅޭ ބިލްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު