ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ މީހުން ބިނާކުރުމަށް ވަރަށް ގިނަ ބަޔަކަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއްކަމަަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ސާލިޙް ވިދާޅުވީ ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކޮށް، ޒަމާނީ ކުރިއެރުންތައް ގެނެސްދެއްވި އެއް ބާނީ ކަމުގައިވާ އެމް.ޔޫ. މަނިކު އަވަހާރަވި ޚަބަރު އެމަނިކުފާނު އެއްސެވީ ނުހަނު ފުން ހިތާމައާ އެކުގައި ކަމަށެވެ.
އެމް.ޔޫ. މަނިކަކީ ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން، ދިވެހި ދައުލަތަށާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްވެސް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝަޚްޞިއްޔަތެއް ކަން ރައީސް ސާލިޙް ވަނީ ފާހަގަކުރަށްވާފައެވެ.
"އިޖްތިމާއީ ދާއިރާއިންވެސް ޤައުމަށް ނުހަނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވި ބޭފުޅެއް، ހާއްސަކޮށް ސިއްހީ ދާއިރާ އަށާއި ތައުލީމީ ދާއިރާއަށް، އެގޮތުން މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށް މީހުން ބިނާކުރުމަށް ވަރަށް ގިނަބަޔަކަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް." ރައީސް ސާލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު