އެމްޔޫ މަނިކު އަވަހާރަވުމަކީ ފަތުވެރިކަމުގެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް ވިލާ ކުންފުނީގެ ޗެއަރމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިޔަފާރިވެރިޔާ ޤާސިމް ވިދާޅުވީ، ކޮލިގޭ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު އެހީ ނުހަނު ހިތާމައާއި އެކުގައި ކަމަށެވެ. އަދި އެމް.ޔޫ މަނިކު އަވަހާރަވުމަކީ، މުޅިރާއްޖެއަށް ލިބިގެންދިޔަ ހިތާމައެއް ކަމަށާއި، ފަތުވެރިކަމުގެ ޢާއިލާއަށް ލިބިގެން ދިޔަ ނުހަނު ބޮޑު ހިތާމައެއް ކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.
“އެއީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ އެވެ. ޤައުމަށް ނުހަނު ޚިދުމަތް ކުރެއްވި، ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާ ވިޔަފާރިވެރިއެކެވެ. އެކުގައި މަސައްކަތް ކުރެއްވި ގާތް އެކުވެރިއެކެވެ.” ޤާސިމްގެ މެސެޖުގައި ފާހަގަ ކުރަށްވާފައިވެއެވެ.
ޔުނިވާސަލް އެންޓަޕްރައިސްގެ އެއް ހިއްސާދާރު، އެމްޔޫ މަނިކަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ މަސައްކަތް ފެއްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެމްޔޫ މަނިކް އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 6:30 ގައެވެ.
އެމްޔޫ މަނިކު އަވަހާރަވުމާއި ގުޅިގެން ޔުނިވާސަލް އެންޓަޕްރައިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އަދި އެތައް ބައެއްގެ ލޯބި ހޯއްދެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަކީ އެތައް ބަޔަކަށް މަގު ދެއްކެވި، އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ.
އެމްޔޫ މަނިކުގެ ޖަނާޒާގެ ކަންތައް ހަމަޖެހިފައިވަނީ މިއަދުގެ ޢަޞުރު ނަމާދަށްފަހު، ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގައެވެ.

انا لله وانا اليه راجعون.
— Qasim Ibrahim (@qasimibrahim) August 30, 2025
ކޮލިގޭ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު އެހީ ނުހަނު ހިތާމައާއި އެކުގައެވެ. އެއީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ އެވެ. ޤައުމަށް ނުހަނު ޚިދުމަތް ކުރެއްވި، ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާ ވިޔަފާރިވެރިއެކެވެ. އެކުގައި… pic.twitter.com/xjODSz9kNd
ޔުނިވާސަލް އެންޓަޕްރައިސްގެ އެއް ހިއްސާދާރު، އެމްޔޫ މަނިކަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ މަސައްކަތް ފެއްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެމްޔޫ މަނިކް އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 6:30 ގައެވެ.
އެމްޔޫ މަނިކު އަވަހާރަވުމާއި ގުޅިގެން ޔުނިވާސަލް އެންޓަޕްރައިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އަދި އެތައް ބައެއްގެ ލޯބި ހޯއްދެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަކީ އެތައް ބަޔަކަށް މަގު ދެއްކެވި، އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ.
އެމްޔޫ މަނިކުގެ ޖަނާޒާގެ ކަންތައް ހަމަޖެހިފައިވަނީ މިއަދުގެ ޢަޞުރު ނަމާދަށްފަހު، ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގައެވެ.
ކިޔުންތެރިންގެ ހިޔާލު