ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ފެށި ވޯކް-އިން އިންޓަވިއުއަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މާލޭގެ ކަލާފާނު ސްކޫލްގައި އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދިޔަ މި އިންޓަވިއުއަށް 100 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފައިވާ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ފޯމު ހުށަހެޅި މީހުންގެ ތެރެއިން ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ކަމަށާއި ވަޒީފާއަށް އެދި ފޯމު ހުށަހެޅި ދާއިރާތަކުގެ ތެރެއިން އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އޮފިސަރުންނާއި ސީނިއާ އޮފިސަރުންގެ މަގާމަށް ކަމަށެވެ.
މި ވޯކް-އިން އިންޓަވިއު މިއަދުވެސް ކުރިއަށްގެންދާ ގޮތަށް ވަނީ ނިންމާފައެވެ. އެގޮތުން މިއަދާއި މިރޭ ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އިންޓަވިއު ކުރިއަށްދާނެ ކަމަށާއި ވޯކް-އިން އިންޓަވިއުއަށް ހާޒިރުވާއިރު އައިޑީ ކާޑު، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ސީވީގެ ކޮޕީ ހިފައިގެން ދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.
އީސީން ބުނީ ވޯކް-އިން އިންޓަވިއުގައި، ޝަރުތު ހަމަވާ ފަރާތްތަކަށް ފޯމު ހުށަހެޅުމާއި ވަގުތުން އިންޓަވިއުކުރުމުގެ އިތުރުން މަގާމަށް ބޭނުންވާ ހުނަރުތަކަށް ބިނާކޮށް ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު