ފުލުހުން ލޯތްބާއި އިހްތިރާމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ގޮވާލައްވައިފިއެވެ.
ދ. ވާނީގައި މިރޭ ބޭއްވި ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަކީ ޤައުމެއް ކުރިއަށްދިއުމަށް އެ ޤައުމެއްގައި އޮންނަންޖެހޭ މުހިންމު އަސާސްތަކެއް ހިފަހައްޓާ ޚިދުމަތެއް ކަމަށެވެ. އެގޮތުން، ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމާއި ޤައުމެއްގައި އޮންނަންޖެހޭ ހަމަޖެހުން ހިފެހެއްޓުމުގެ ފުރިހަމަ ޒިންމާ، ރައްޔިތުންގެ މުދާ ހިމާޔަތްކުރުމުގެ ޒިންމާ މިއޮންނަނީ ފުލުހުންގެ ބޮލުގައި އެޅިފައި ކަމަށް އިޙްސާން ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ފުލުހުންނަކީ މި ދިވެހިރާއްޖޭގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން އަދި ރައްޔިތުންގެ މުދަލާއި ރައްޔިތުން އުޅޭ އުޅުމުގެ މާހައުލުގެ ރައްކާތެރިކަމާއި ވިޔަފާރިއާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާ ފަރާތް. މިކަންކަން މި ދެންނެވި ގޮތަށް ނުބެލެހެއްޓޭނަމަ ރާއްޖެ ކުރިއެރުމަށް ހުރަސް އެޅޭނެ. އިގުތިސޯދަށް އަސަރުކުރާނެ،" އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، ދިވެހި ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ރަނގަޅު ގޮތުގައި ބޮޑު ބިޔަ ޕްރޮޖެކްޓެއް މިވަގުތު ރާއްޖޭގައި ހިނގަމުންދާ ކަމަށެވެ.
"100 އަށްވުރެ ގިނަ ރަށަށް ކޮމިޓްމަންޓްދެވި ޕްރޮޖެކްޓްގެ މަސައްކަތްތައް އެކި ހިސާބުތަކުގައި މިވަނީ. މި ހުރިހައި ކަމެއް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އެ ގެންދަވަނީ ދިވެހި ރައްޔިތުންނަށް އެންމެ އެދެވޭފަދަ ޚިދުމަތެއް ތިޔަ ފުލުހުންގެ ފަރާތުން ހޯދައިދިނުމަށް،" އިޙްސާން ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ތަރުތީބުކުރުމަށްޓަކައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ވެސް ވަޒީރު އިހްސާން ފާހަގަކުރެއްވިއެވެ. މިހާރު ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި މި އަހަރު ނިމުމުގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތް ފިޒިކަލީ އެތަނެއްގައި ޤާއިމްވެގެން ފުރިހަމައަށް ދެވޭނެ ގޮތަށް ހިންގަމުންދާ ޕްރޮޖެކްޓަކީ އޭގެ އެއް ނަމޫނާ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވަނީ ފުލުހުންގެ ޚިދުމަތަކީ ހިތްވަރާއި ކެރުމާއި، ޤައުމަށް ލޯތްބެއް އޮވެގެން އަދި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އާދަޔާ ޚިލާފު ވިސްނުމެއް ހުރެގެން މެނުވީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ. މިކަން ކުރުމަށްޓަކައި ތަމްރީން ފުރިހަމަކޮށް ނިކުތް ހުރިހައި ފުލުހުންނަށް މިނިސްޓަރު ވަނީ އިޚުލާސްތެރިކަމާއި، ޤައުމީ ރޫޙާއެކު ޚިދުމަތް ކުރުމަށް ގޮވާލައްވާފައެވެ. މިނިސްޓަރު ވަނީ ނަޒާހަތްތެރިކަން ވިއްކާ ނުލައި، ފުލުހުންގެ ވާޖިބު އަދާކުރުމުގައި މުއައްސަސާގެ އިއްޒަތާއި ކަރާމާތް ދެމެހެއްޓުމަށް ގޮވާލައްވާފައެވެ.
"ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ އަޅުގަނޑުމެން އެބަޔަކަށް އިހްތިރާމާ ގަދަރު ދޭ އެކުވެރިކަމާއެކު ހިނިތުންވުމާއެކު ޚިދުމަތް ދޭ ބަޔަކަށް، ކުށައް އަރައިގަންނަ ހާލަތުގައި ވެސް އަދި ޤާނޫނާއި ޚިލާފުވާ ހާލަތުގައި ވެސް އެމީހާ އަށް ލިބިގެންވާ އިންސާނީ ހައްޤާއި ކަރާމާތަށް އިހްތިރާމް ކުރުމާއެކު ފުލުހުން ޤާނޫނީ ވާޖިބު އަދާކުރަންޖެހޭނީ" އިހްސާން ވިދާޅުވިއެވެ.
ފުލުހުން ބުނީ 40 ވަނަ އަސާސީ ތަމްރީނު ކޯހުގައި 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުންނާއެކު ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވާ ކަަމަށެވެ. އަދި 116 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު