އިންޑިއާގއ ބޮޑުވަރީޒު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުން
އިންޑިއާގއ ބޮޑުވަރީޒު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުން
ޗައިނާގައި މިހާރު ކުރިއަށްދާ އެސްސީއޯ ސަމިޓުގައި އިންޑިއާގައި ބޮޑުވަރީޒު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ޓިއާންޖިންގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގެ ބޭރުން ރައީސް މުއިއްޒުއާ ބައްދަލު ކުރެއްވި ކަމަށެވެ.

ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށް މޯދީ ވިދާޅުވި އެވެ.



މިއަދު ފެށި އެސްސީއޯ ސަމިޓަކީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ހެޑްސް އޮފް ސްޓޭޓް ކައުންސިލްގެ 25 ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުން ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު