ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ނިއުރޭޑިއަންޓަށް ދޭން އެފްއޭއެމުން ނިންމައިފިއެވެ.
ނިއުއަށް މި ފުރުސަތު ދޭން އެފްއޭއެމުން ނިންމާފައިވަނީ ލީގުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ލީގުގައި ވާދަނުކުރަން ނިންމައި އެ ކްލަބުގެ ބޯޑުން އެފްއޭއެމަށް އެންގުމާ ގުޅިގެންނެވެ. އެ ކްލަބުން މިގޮތަށް ނިންމާފައިވަނީ މާލީ ގޮތުން އަޑިއަޅާފައިވާ ކަމަށް ބުނެއެވެ.
ޕްރިމިއާ ލީގު ފެށުމުގެ ކުރިން ސަސް ލީގުން ވަކިވެފައިވާތީ އެފްއޭއެމުން ވަނީ އެ ކްލަބު 200،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
އެފްއޭއެމުން ބުނިގޮތުގައި 2023 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރއަޕް ޓީމު ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާތީ، އެ މުބާރާތުގެ ދެން އެންމެ ރަނގަޅު ޓީމުގެ ގޮތުގައި އޮތީ ސެމީފައިނަލްގައި ބަލިވި ދެ ޓީމު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު އާއި ޓެންޓް ސްޕޯޓްސް ކްލަބް ކަމަށެވެ.
އެހެންކަމުން މުޅި މުބަރާތުގައި އެދެޓީމުން ނެރެފައިވާ ނަތީޖާތަކަށް ބިނާކޮށް އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމިޓީން ނިންމީ ޕްރިމިއާ ލީގުން ނިއުރޭޑިއަންޓަށް ޖާގަ ދޭށެވެ.

ކިޔުންތެރިންގެ ހިޔާލު