މީޑިއާ "އުލު ބައިންދަން" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ގޮވާލެއްވި މައްސަލަ ބަލަން ލަފަޔަކަށް ޕީޖީ އޮފީހަށް ފުލުހުން ފޮނުވީ ލަނޑެއް ދޭންވެގެން ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމިން އަބުދުލްޤައްޔޫމް ވިދާޅުވީ ރާއްޖޭގެ ބައެއް ނޫސްވެރިން "އުލު ބައިންދަން" ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް ގޮވާލެއްވި މައްސަލަ ފުލުހުންނަަށް ބެލޭނެ ކަަމަށެވެ. އެމައްސަލައިގައި ފުލުހުން ޕީޖީ އޮފީހުގެ ލަފަޔަކަށް އެދުނީ މައްެސަލަ ދިގުދަންމަން ކަމަށް ޔާމިން ވިދާޅުވިއެވެ.
ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ) ގެ ލީޑަރު އިބްރާހިމް ފަލާހް ދެއްކެވި "އުލުބައިންދާ" ވާހަކަ ބެލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ލަފަޔަކަށް ފުލުހުން އެދުމަކީ، ޕީޖީއަށް ލަނޑެއް ދިނުމަށް ނުވަތަ ކެއްސެއް ދިނުމަށް ހިންގާ އަމަލެއް ކަމަށެވެ.
"މިއީ ހަމަ ބަލަންޖެހޭ ކަމެއް، ބެލޭނެ ކަމެއް. އެހެންވީމާ މިއީ މަގު ދިއްކުރަން އެ އުޅެނީ. ހަމަ މިހާރު އެ ޕްރޮސިކިއުޓަރއަށް ލަނޑެއްދޭން، ކެއްސެއް ދޭން ނޫން ގޮތަކަށް އަޅުގަނޑަށް ސިފައެއް ނުވޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، 'އުލުބައިންދަން' މި ބަހުގެ މާނަ ސާފުކަމަށާއި، މި ބަހަށް އެހެން މާނައެއް ހޯދުމަށް ރަދީފު ބަލާކަށް ނުވަތަ ޅެންވެރިކަމާ ބެހޭ ވަޒީރެއްގެ ކައިރިއަށް ދާކަށް ނުޖެހޭނެ ކަމަށެވެ. ފަލާހު ދެއްކެވި ވާހަކައިގެ މާނަ ސާފުކަމަށާއި، އެއީ ބޮޑު ކުށަކަށް ވުރެ ބޮޑަށް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވާތީ، މިއީ ހަމަ އޮޅިގެން ހިނގި ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.
"މީގައި މާނަ ވަރަށް ސާފު. އޭގެ މާނަ ސާފުވީމާ ފަލާހު އެ ވާހަކަ ދައްކާނީ އަނެއްކާ އޭނާ ބުނީ ކީކޭ؟ ބޮޑު ކުށަކަށް ވުރެ ބޮޑަށް މިކަން ކުރަންޖެހޭ، ޖަލަށް ލުމަށް ވުރެ ބޮޑަށް މި މީހުން އެންމެންނަކީ އުލުބައިންދަން ޖެހޭ ބަޔެކޭ، އެހެންވީމާ މިއީކީ އޮޅިގެން ހިނގާ ކަންކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލަ ނުހިނގާނެކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސަބަބަކީ، މިހާރުގެ ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވާ ކަމެއް ކުރަން މި ވަގުތު ހުރި މީހަކީ ފަލާހު ކަމަށް ވާތީ ކަމަށް ޔާމިން ވިދާޅުވިއެވެ. އަދި ރައީސް މުޢިއްޒު ވިދާޅުވާ ކަމެއް މަޖިލީހުގެ ރައީސް އަބްދުއްރަޙީމުވެސް ނުކުރައްވާނެ ކަމަށާއި، އެހެން މީހުން ވެސް ނުކުރާނެ ކަމަށެވެ. އެއީ އެ މީހުންނަށް ފަހުން ގާނޫނީ ދަތިތަކާ ކުރިމަތިލާން ޖެހޭނެކަން އެނގޭތީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ފަލާހަކީ 'ބޮލު ރޮދި ކެނޑިފައި ހުރި' މީހެއް ކަމަށާއި، އޭނާ ލައްވާ މި ހުރިހާ ކަމެއް ކުރަނީ ރައީސް މުޢިއްޒު ބޭނުންވާ ގޮތަށް ކަމަށެވެ. ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވި މައްސަލައިގައި އެއްޗެއް ވިދާޅުވާން މި ސަރުކާރުގެ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް ދެކޮޅު ހެއްދެވުމުން ރައީސް ޔާމިން ވަނީ އެކަން ވެސް ފާހަގަކުރަށްވާފައެވެ. އަދި މި ދެ ބޭފުޅުންނަކީ މީޑިއާގައި ވަރަށް ވަރުގަދަ ބޭފުޅުން ކަމަށްވާއިރު އެ ދެބޭފުޅުން އެކަމަށް ވަކި އެއްޗެއް ވިދާޅުނުވުމުން މިއީ ބޮޑު ކުށެއްކަން އެބޭފުޅުން ވެސް ގަބޫލުކުރައްވާކަން ހާމަވާ ކަމަށް ޔާމިން ވިދާޅުވިއެވެ.
މީޑިއާ އުލުބައިންދަން ޕީއެންސީގެ ޕީޖީ ލީޑަރު ފަލާޙް ގޮވާލެއްވި މައްސަލައިގައި އެކަން ބައްލަވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމައްސަލަ ހޫނުވުމުން ފަލާހު ވަނީ އުލުބެއިންދުމުގެ މާނަ ރަދީފުގައި އޮންނަ ގޮތާއި ޚިލާފަށް އަމިއްލަ އަށް މާނާކޮށްދެއްވާފައެވެ. ފަލާޙް ވިދާޅުވީ އޭނާ ނިސްބަތްވާ އަތޮޅުގައި "އުލު ބެއިންދުން" ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށް ވުރެ މަތީ ތަނަކަށް އެރުވުމަށް ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު