ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله ގްރެޖުއޭޓްވީ އެއް ސުކޫލަކުން ކަމަށް ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ފްރަންޓް ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ރޭ ވިދާޅުވީ، ނޫސްވެރިން އުލުބައިންދަންވީ ކަމަށް ފަލާޙް ވިދާޅުވުމަށްފަހު މިހާރު މުޅިން އެހެން ގޮތަކަށް އެކަން ތަރުޖަމާ ކުރަށްވަން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ. ހަމައެއާއެކު މަޖިލީހުގެ ރައީސް އަބްދުއްރަޙީމްވެސް ފުލުހުންނާ މުޚާތަބުކޮށް މީގެކުރިން ހަޑިހުތުރު ބަސްތަކެއް ބޭނުން ކުރެއްވި ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.
އަދި ފަލާހާއި އަދުރޭ އަކީ އެއް ސުކޫލަކުން ގުރެޖުއޭޓުވި ބައެއްކަމަށް ވިދާޅުވެ ޑރ. ޖަމީލްވަނީ ރޭގެ ޖަލްސާގައި އެބޭފުޅުންނަށް ފާޑު ވިދާޅުވެފައެވެ.
“ފަލާހު ތަރުޖަމާކުރީތާ އުލު ބެހެއްޓުމަކީ ވަކި މާނައެއްގައި ތިމަންނަ ބުނިއެއްޗެކޭ. ހަމަ އެގޮތަށް އަބްދުއްރަހީމު ޕަބްލިކްގައި ފުލުހުންނާ ދިމާލަށް ކޮންމެވެސް އެއްޗެއް ހިއްޕަވާށޭ ވިދާޅުވީ.” ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ފަހަތުގައި އޮވެގެން މީޑިއާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ ބަހުސްގައި ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހު ވިދާޅުވީ، ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި އުލުބައިދަންވީ ކަމަށެވެ. ދިވެހިބަހުގެ ރަދީފުގައި ބުނާ ގޮތުން، އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މެރުމަށް ހަދާ ގޮތެކެވެ. އެގޮތުން، އުލު ބައިންދާއިރު، ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދާ ކަމަށް ރަދީފުގައިވެއެވެ.
“މީޑިއާ ގެންގޮސް ޖަލަކަށް ނޫން. އުލުބައިންދަންވަނީ. އުލުބައިންދަންވީ.” ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ފަލާހު ވިދާޅުވިއެވެ.
މީޑިއާތައް އުލުބައިންދަން ފަލާޙް ގޮވާލެއްވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، ފަހުން އޭނާ ވިދާޅުވީ އެ ބަސް ބޭނުންކޮށްފައިވަނީ އަނިޔާވެރި މާނައެއްގައި ނޫން ކަމަށެވެ.
“އުލުބޭންދުން އަޅުގަނޑުމެން ހިސާަބުގައި ބޭނުން ކުރަނީ ބަސްނާހާ މީހުން ބިމަށްވުރެ މަތީތާކަށް އެރުވުމަށް.” ފަލާހު ވިދާޅުވިއެވެ.
ނޫސްވެރިން އުލުބައިންދަން ފަލާޙް ގޮވާލުމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެކަން ބައްލަވާނެ ކަމަށެވެ. އަދި އެމައްސަލަ އެމްޖޭއޭގެ ފަރާތުން މިހާރުވަނީ ފުލުހަށް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު