މި ސަރުކާރުގެ ބޭފުޅުން ދައްކާ ވާހަކައާއި އަމަލާ ދިމާނުވާކަމަށާއި، އެކަން މިހާރު މުޅި ގައުމުން ފެންނަމުންދާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެމްބަރު ދީދީ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ ހުރިހާ ބާރެއް މުށުތެރެއަށްލުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނަންގަވާފައިވަނީ ކައުންސިލްތަކުގެ ބާރުވެރިކަން ކަނޑުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ.
"ކައުންސިލް ރޫޅާލަން ކައުންސިލްތައް ފުޑާލުމަށް މިކުރާ މަސައްކަތުގައި ވެސް ގާނޫނު އަސާސީގައި މިއޮންނަ ޑީސެންޓްރަލައިޒޭޝަން ނިޒާމު ފުޑާލުމަށްޓަކައި މިބޭފުޅުން ގެންނަ ހަމަ އެކްސްކިއުޒަކީ ހަރަދު މާ ބޮޑު ސިސްޓަމެކޭ. ހަރަދު ވަރަށް ބޮޑޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތަކީ ލާމަރުކަޒީ ނިޒާމަށް ބަލާއިރު ވެސް ކައުންސިލްތަކަށް މިދޭ ގްރާންޓަކީ އެއީ މުޅި ބަޖެޓުގެ ފަސް ޕަސެންޓް. އެހެންނަމަވެސް މި ފަސް ޕަސެންޓާ އަޅައިގަނެގެން ހަމަ އަބަދުވެސް މިބޭފުޅުން ދައްކާ ވާހަކައެއް. މާހަރަދު ބޮޑު ނިޒާމެކޭ." ދީދީ ވިދާޅުވިއެވެ.
ކައުންސިލްތައް ކުޑަކުރުމަށްޓަކައި ކައުންސިލަރުން މަދުކުރުމަށްފަހު، ޓެކްނިކަލް މުވައްޒަފުން އިތުރުކުރާކަން ފާހަގަކޮށް އޭނާ ވަނީ މިގޮތަށް މިކަން ކުރުމުން ކައުންސިލްތަކުގެ ހަރަދު ކުޑަކުރެވޭތޯއޭ ވިދާޅުވެ ސުވާލު އުފައްދާފައެވެ.
ދީދީ ވިދާޅުވީ ކައުންސިލްގެ ނިޒާމު ފުޑާލަނީ ރައްޔިތުންގެ ބާރުވެރިކަން ނައްތާލުމަށް ކަމަށެވެ.
މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލަށް އިޝާރާތްކުރައްވައި މެމްބަރު ވިދާޅުވީ އެއީވެސް ބާރުވެރިކަން މުށުތެރެއަށްލުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އަދި ސަރުކާރުން ބޭނުންވަނީ ސަރުކާރުގެ ޕްރޮޕެގެންޑާ މުޅި ގައުމުގައި ފަތުރައި، ހަގީގަތް ރައްޔިތުންނަށް އޮޅުވާލަން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު