ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު އެކަނިވެސް 30 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާއި ހަމައަށް ވޭޕާ ގުޅޭ ތަފާތު 11 މައްސަލައެއްގައި 30 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.
އެމީހުން ޖޫރިމަނާކޮށްފައި ވަނީ ޖުމްލަ 150،000 ރުފިޔާ އިން ކަމަށް ފުލުހުން ހާމަކުރެއެވެ.
އޭގެ ތެރެއިން 85،000 ރުފިޔާ އަކީ ވޭޕް ބޭނުންކޮށްގެން ކުރި ޖޫރިމަނާ ކަމަށްވާއިރު، ބާކީ 65،000 ރުފިޔާއަކީ ވޭޕް ގެންގުޅެގެން ޖޫރިމަނާކުރި އަދަދެވެ.
މީގެ އިތުރުން ވޭޕާއި ގުޅުންހުރި މައްސަލަތަކެއްގައި އިތުރު 30 މީހަކުވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމުން 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
ޤާނޫނުގައިވާ ގޮތުން، ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރުން 50,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު