އެމްޑީޕީން އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށާއި "ސަރުކާރު ހަމަ މަގަށް އެޅުވެން ދެން" އެ މުޒާހަރާތައް ކުރިއަށް ގެންދަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 26 ވަނަ ޖަލްސާއަށް އެ ޤަރާރު ހުށައެޅުއްވީ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިޤެވެ.
މި ޤަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާރުގެ ސަރުކާރުން އިޤްތިޞާދީ ގޮތުން އަޅާފައިވާ އެކަށީގެންވާނުވާ ފިޔަވަޅުތަކުގެ ސަބަބުން، ތަކެތީގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ރައްޔިތުންގެ ދިރިއުޅުމަށް ގިނަގުނަ ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.
ޤަރާރު ހުށަހަޅުއްވަމުން، ޠާރިޤު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާއި، އަދުލު އިންޞާފުގެ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މިނިވަން މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމާއި، ލާމަރުކަޒީ ނިޒާމު ނަގާލުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޠާރިޤު އިތުރަށް ވިދާޅުވިގޮތުގައި ޞިއްޙީ ފަރުވާ ހޯދުމަށް ދިވެހިން އެހެން ފަރާތްތަކަށް ބަރޯސާވާންޖެހޭ ހިތާމަވެރި ހާލަތަކަށް ޤައުމު ވެއްޓިފައިވާކަމަށެވެ. އަދި މަޢުލޫމާތު ލިބުމުގެ ޙައްޤުން ރައްޔިތުން މަޙްރޫމްކޮށް، މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތާރިޤް އިތުރަށް ވިދާޅުވީ، ޤައުމުގެ ހާލަތު ގޯސްވާ ކޮންމެ ފަހަރަކު، އެމްޑީޕީއަކީ ޤައުމު ރަނގަޅު މަގަށް އެޅުވުމަށް ކުރިއަށް ނިކުންނަ ޕާޓީއެއްކަމަށެވެ. މިގޮތުން، ކުރިއަށް އޮތް މަހުގެ 3 ވަނަ ދުވަހު މުޒާހަރާއެއް ބޭއްވުމަށާއި، އެފަދަ މުޒާހަރާތައް މާލޭގެ މަގުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އޭނާ ހުށަހެޅުއްވިއެވެ. މި ޤަރާރަށް ތާއީދުކުރެއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަޙްމަދު ސަލީމެވެ.
ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ސާލިޙް ވެސް އެ ގަރާރަށް ތާއިދު ކުރަށްވާފައިވެއެވެ. ރައީސް ސާލިޙް ވިދާޅުވީ މި ސަރުކާރަށް އެއް އަހަރާއި 10 މަސްވީއިރު ރާއްޖޭގައި ކަންބޮޑުނުވާ އެކަކު ވެސް ނެތް ކަމަށެވެ. އެގޮތުން ޓޫރިޒަމް ދާއިރާ އާއި ކޮންސްޓްރަކްޝަން ދާއިރާ އާއި ނޫސްވެރިކަމާއި ޝަރުޢީ ދާއިރާ ފަދަ ހުރިހާ ދާއިރާތަކެއްގެ ހާލަތު އޮތީ ކަންބޮޑުވާ ފަދަ ހާލަތެއްގައި ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
"3 އޮކްޓޯބަރު ގައި މި ފަށާ އިހްތިޖާޖް މުޒާހަރާ އަޅުގަނޑުމެން ކުރިއަށް ގެންދަންވާނީ ރައްޔިތުން އެ އެދޭ އެދުންތައް ނޫސްވެރިން އެދޭ އެދުންތައް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުން އެ އެދޭ އެދުންތައް މަސްވެރިން އެދޭ އެދުންތައް ފުރިހަމަވާން ދެން މެދުނުކެނޑި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކުރަންވާނެ، މިހެން ގޮސް އަޅުގަނޑުމެން މިއަދު ކަންބޮޑުނުވާ އެއްކަމެއް ވެސް ނެތް،" ރައީސް ސާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު