ވަރަށް ކާމިޔާބު ހިންދީ ފިލްމެއް ކަމަށްވާ "ޗާލްބާޒް" ގެ ރީމޭކެއް ހަދަން ނިންމާފައިވާއިރު، އޭގެ ލީޑުން ފެނިގެންދާނީ މަޝްހޫރު ތަރި ޖާންވީ ކަޕޫރު ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފިއެވެ.
ޗާލްބާޒް އަކީ ޖާންވީގެ މަންމަ ސްރީދޭވީގެ ފިލްމީ ކެރިއަރުގައި ވަރަށް ކާމިޔާބު ފިލްމެކެވެ.
މި ފިލްމުގެ ރީމޭކް ހަދަން ނިންމާފައިވާއިރު، މިހާރު ފިލްމުގެ ޕްރޮޑިއުސަރު މިކަމާ ގުޅޭ މަޝްވަރާތައް ޖާންވީއާއެކު ކުރަމުންދާކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި އެ އޮފާއާ މެދު ޖާންވީ މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ.
އެކަމަކު "ޗާލްބާޒް" ގެ ރިމޭކެއް ހަދަން އުޅެނީ ކޮން ޕްރޮޑިއުސަރެއްކަމާއި ފިލްމުގެ ޑައިރެކްޓަރަކީ ކާކު ކަމެއް އަދި ހާމައެއް ނުކުރެއެވެ.
މަންމަ ކުޅުނު ރޯލެއް ޖާންވީ އަށް ހުށަހެޅި އިރު، 2018 ގައި މަރުވި ސްރީދޭވީގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ 2017 ގެ ކްރައިމް ތުރިލާ "މޮމް" ގެ ސީކްއެލް އޭނަގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ހިމަނައިގެން ހަދަން އުޅޭކަމުގެ ވާހަކަތަކެއް ވެސް މި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު