އަހުމަދު މަސްނޫމް   2 ސެޕްޓެމްބަރު 2025 - 22:38
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އުވާލައި އެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އެ ޕާޓީ އުވާލީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުކުރެވުމުގެ ސަބަބުން ކަމަށެވެ. ސިޔާސީ ޕާޓީއެއްގައި އެންމެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މިއަދުން ފެށިގެން އެމްޓީޑީ އުވާލައި އެ ޕާޓީ، ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.

މީގެކުރިން ވެސް 3،000 މެންބަރުން ހަމަނުވާތީ، އެ ޕާޓީއަށް ފުރުސަތު ދިނުމުން އެ ފުރުސަތުގައި އެ ޕާޓީން އެ އަދަދަށް މެންބަރުން ވަނީ ހަމަކޮށްފައެވެ.

ނަމަވެސް އިލެކްޝަން ކޮމިޝަނުން މިފަހަރު އެ ޕާޓީ އުވާލަން ނިންމީ އެ އަދަދަށް އަނެއްކާވެސް މެމްބަރުން ހަމަނުވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު