ރާއްޖޭގައި ހިންގާ ނޫސްތަކުގެ ތެރެއިން ރައްޔިތުންގެ އިތުބާރު ލިބިފައިވަނީ 4 ނޫހަކަށް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
މީޑިއާ ބިލަށް އިޝާރާތްކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަލާހު މިހެން ވިދާޅުވި ނަމަވެސް އެއީ ކޮން ހަތަރު ނޫހެއްކަން ހާމަކުރައްވާފައެވެ ނެތެވެ.
މީޑިއާގެ މިނިވަންކަން ހަނިކުރެވޭގޮތަށް ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު''ގެ މަސައްކަތް މިވަގު މަޖިލީހުގައި ދަނީ ކުރަމުންނެވެ. މި ބިލަށް ބައެއް ނޫސްވެރިންނާއި ބައެއް މީޑިއާތައް ދެކޮޅުހަދައި މުޒާހަރާކޮށްފައިވާއިރު، ބިލު ބޭރުކުރަންގޮވާލައި ޕެޓިޝަނެއްވެސް އިއްޔެ ވަނީ ހުށަހަޅާފައެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ސުލްޙައަށްލޯބިކޮށް ތެދުޚަބަރާ މަޢުލޫމާތު ހަޤީޤަތާއި އެއްގޮތަށްގެނެސްދޭ، ރައްޔިތުންގެ އިތުބާރުލިބިފައިވަނީ 4 ނޫހަކަށް ކަމަށެވެ.
ކުޑަކުޑަ ގައުމެއްގައި އެއްވެސް ބަލާލުމެއްނެތި ކަމެއްސާފުނުކޮށް ބުހުތާން ދޮގުޚަބަރު ފެތުރުމަކީ ކިހާ ނުބައިވެގެންވާކަމެއްތޯ ވިދާޅުވެ ފަލާހު ވަނީ ސުވާލުކުރަށްވާފައެވެ.
އަދި މިކަމުގެ ސަބަބުން ހެޔޮނުބައި އޮޅި، ކުށެއްނެތް އާއިލާތައް ރޫޅި، ކުށެއްނެތް އެތައްބައެއްގެ ވަޒީފާގެއްލިގެންދާއިރު، މިއީ ވަރަށް ދެރަ ކަންތައްތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
މީޑިއާ ބިލު ކަމުނުދަނީ ފައިސާކޮޅެއް ދޭއިރަށް ފައިސާ ދޭމީހާ ބުނާހާގޮތަކަށް ދޮގު ޚަބަރު ނުލިއެވިދާނެތީތޯ އައްސަވައި ފަލާހު ވަނީ ސުވާލުކުރައްވާފައެވެ.
"މިގޮތަށްހޯދާފައިސާ މީ ހަލާލުފައިސާތޯ؟ މީޑިއާތަކާއި މީޑިއާތަކުގެ ވެރިން މާލީބަޔާން ހުށަހަޅަންޖެހޭގޮތަށް މީޑިއާބިލްގައި ހިމެނުން ކިހިނެއްތޯ؟'' ފަލާހުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ފަލާހު މާލީ ބަޔާންތަކުގެ ވާހަކަ ދައްކާފައި މިވަނީ މަޖިލިސް މެމްބަރުންގެ މާލީ ބަޔާންތައް އާންމުކުރުމާ ގުޅިގެން އޭގެ ތަފްސީލުތައް މީޑިއާ ތަކުން ރިޕޯޓުކުރަމުން ދާ ދަނޑިވަޅެއްގައެވެ.

ޤަޢުމުގެ އަމަންއަމާންކަމާ
— Ibrahim Falah (@IbrahimFalahR) September 4, 2025
ސުލްޙައަށްލޯބިކޮށް ތެދުޚަބަރާ މަޢުލޫމާތު ހަޤީޤަތާއި އެއްގޮތަށްގެނެސްދޭ
ރައްޔިތުންގެ އިތުބާރުލިބިފައިވަނީ 4 ނޫހަކަށް!
ކުޑަކުޑަ ޤަޢުމެއްގައި އެއްވެސްބަލާލުމެއްނެތި ކަމެއްސާފުނުކޮށް ބުހުތާންދޮގުޚަބަރު ފެތުރުމަކީ ކިހާނުބައިވެގެންވާކަމެއް ! މިކަމުގެ…
އަދި މިކަމުގެ ސަބަބުން ހެޔޮނުބައި އޮޅި، ކުށެއްނެތް އާއިލާތައް ރޫޅި، ކުށެއްނެތް އެތައްބައެއްގެ ވަޒީފާގެއްލިގެންދާއިރު، މިއީ ވަރަށް ދެރަ ކަންތައްތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
މީޑިއާ ބިލު ކަމުނުދަނީ ފައިސާކޮޅެއް ދޭއިރަށް ފައިސާ ދޭމީހާ ބުނާހާގޮތަކަށް ދޮގު ޚަބަރު ނުލިއެވިދާނެތީތޯ އައްސަވައި ފަލާހު ވަނީ ސުވާލުކުރައްވާފައެވެ.
"މިގޮތަށްހޯދާފައިސާ މީ ހަލާލުފައިސާތޯ؟ މީޑިއާތަކާއި މީޑިއާތަކުގެ ވެރިން މާލީބަޔާން ހުށަހަޅަންޖެހޭގޮތަށް މީޑިއާބިލްގައި ހިމެނުން ކިހިނެއްތޯ؟'' ފަލާހުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ފަލާހު މާލީ ބަޔާންތަކުގެ ވާހަކަ ދައްކާފައި މިވަނީ މަޖިލިސް މެމްބަރުންގެ މާލީ ބަޔާންތައް އާންމުކުރުމާ ގުޅިގެން އޭގެ ތަފްސީލުތައް މީޑިއާ ތަކުން ރިޕޯޓުކުރަމުން ދާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު