ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ، ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ފަހުމީ އައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި ވަޢުދުތަކާބެހޭ ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމަށް ކަމަށެވެ. މިއީ ވަޒީރު ފެންވަރުގެ މަގާމެކެވެ.
މި މަޤާމަށް ފަހުމީ އައްޔަނު ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން އަދާކުރައްވަމުން ގެންދެވި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ވަކިކުރެއްވުމަށް ފަހުއެވެ.
މަގާމުން ވަކިކުރުމާއިއެކު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ 27 އަހަރު މަސައްކަތްކުރި ސްޓެލްކޯ ލީޑް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ފުރުސަތަށް ޝުކުރުވެރިވާ ކަމަށާއި ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ކުންފުނީގެ އެންމެން ގުޅިގެން ހާސިލުކުރެވުނު ހުރިހާ ކަމަކާ މެދު ފަހުރުވެރިވާ ކަމަށާއި އެދެނީ ކުރިއަށް އޮތްތަނުގައި ވެސް ސްޓެލްކޯއަށް ކުރިއެރުމާއި ކާމިޔާބީއާއި ފާގަތިކަމަށް ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.
ފަހުމީ ވަނީ ސްޓެލްކޯއަށް 27 އަހަރުގެ މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ. އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައި ފައްޓަވައި، އިނގިރޭސިވިލާތުގައި ކިޔެވުން ފުރިހަމަކުރެއްވުމަށްފަހު، ކުންފުނީގެ އެކި މަޤާމުތަކުގައި ފަހުމީ ވަނީ މަސައްކަތްކުރައްވާފައެވެ. މި މުއްދަތުގައި ކުންފުނީގެ މާލީ އަދި ހިންގުމުގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު