ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާ ހިލާފަށް ދުންފަތުގެ ބާވަތްތައް ސިއްރުން އެތެރެކޮށް ވިއްކަމުންދާތީވެ، އެކަން ހައްލުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް ކަސްޓަމުން ބުނެފިއެވެ.
ދިވެހި ކަސްޓަމުން ނެރުނު ބަޔާނެއްގައި ބުނީ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ސިއްރުން ރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބެމުން އަންނަ ކަމަށެވެ.
އެހެންކަމުން މި ކަން ޙައްލުކުރުމަށްޓަކައި، ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަސްޓަމުން ބުނީ ގަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންދާކަމަށެވެ.
އެގޮތުން މި އޮޕަރޭޝަންތަކުގައި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ޤާނޫނާއި ގަވާއިދާ ޚިލާފަށް ވިއްކަމުންދާ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާނޭކަމަށް ކަސްޓަމްސްއިން ހާމަކުރިއެވެ.
އެހެންކަމުން ޤާނޫނާއި ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި، ސިއްޙީ ވުޒާރާއިން ޢާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހައި ހުންނަ ދުންފަތުގެ ބާވަތްތަކާ ގުޅޭ އެއްވެސް މުޢާމަލާތެއް ނުކުރުމަށް ކަސްޓަމްސްއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި އެއްވެސް ފަރާތަކުން އެފަދަ ތަކެތި ވިއްކާކަން ނުވަތަ އެއްވެސް މުޢާމަލާތެއް ކުރާކަން އެނގިއްޖެނަމަ، 1416 އަށް ގުޅައި އެ މައްސަލަ ހިއްސާކުރުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު