ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރުގެ ވަކި ކުންފުންޏެއް ރައީސް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރާއްޖެއަށް ބޭސް އެތެރެކުރުމަށް “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވާފައިވާ ކަމަށެވެ.
“މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.” ރައީސް އޮފީހުން ބުނެފައިވެއެވެ.
ހަމައެއާއެކު މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ކަމަށާއި، މިކުންފުނި އުފެއްދެވީ ކުންފުނީގެ ގާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
ރާއްޖެއަށް ބޭސް އުފެއްދުމަށް ސަރުކާރު ކުންފުންޏެއް މިއަދު އުފައްދާފައިވާއިރު، މިހާރުވެސް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ބޭސް އެތެރެކުރާ އެއް ކުންފުންޏަކީ ސަރުކާރު ކުންފުންޏެއް ކަމަށްވާ އެސްޓީއޯއެވެ.

ކިޔުންތެރިންގެ ހިޔާލު