ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ސާބަސް ދެއްވައިފިއެވެ.
ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިއަދު ހަވީރު ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ފަށައިގެން ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ރާއްޖެއިން ލީޑު ނަގާފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ.
މި ކާމިޔާބީ ފާހަގަކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ގާސިމް ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށާއި، ޓީމުގެ ކޯޗު އަދި އެންމެހާ އޮފިޝަލުންނަށް މަރުހަބާ އާއި ސާބަސް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު