ގަތަރުގެ ވެރިރަށް ދޯހާގައި ތިބި ހަމާސްގެ އިސް އޮފިޝަލުންތަކަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާގައި އެ ޖަމާއަތުގެ އެއްވެސް މެމްބަރަކު މަރުނުވާ ކަމަށް ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު ސުހައިލް އަލް ހިންދީ ހާމަކުރައްވައިފިއެވެ.
އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އަލް-ހިންދީ ވަނީ ޙަމާސްގެ ލީޑަރުން ރައްކާތެރިކަމާއެކު ތިބިކަން ތަކުރާރުކޮށް ހާމަކުރައްވާފައެވެ. އަދި އިސްރާއީލްގެ މިހަމަލާ ވަނީ ނާކާމިޔާބުވެފައިކަމަށް ވިދާޅުވިއެވެ.
މި ހަމަލާ ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޣައްޒާ ހަނގުރާ ހުއްޓުމަކަށް ގެނައުމުގެ ހުށަހެޅުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމާސްގެ ލީޑަރު ޚަލީލް އަލް-ހައްޔާ އާއި އެހެން ޙަމާސްގެ އިސް ލީޑަރުން ބައްދަލުވެ ތިބި ވަގުތުގައެވެ.
އަލް-ހިންދީ ވިދާޅުވީ، މި ލީޑަރުން ޝަހީދުކޮށްލުމަށް އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
މި ހަމަލާގައި ޙަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު ޚަލީލް އަލް-ހައްޔާ ސަލާމަތްވެފައިވީކަމުގައި ވިޔަސް، އޭނާގެ ދަރިފުޅު ހުމާމް އަދި އޭނާގެ އެއް އިސް އެހީތެރިޔަކު ޝަހީދުވެފައިވާ ކަމަށް އަލް-ހިންދީ ވަނީ ހާމަކުރައްވާފައެވެ.
އަދި މި ހަމަލާގައި އެ ޖަމާޢަތުގެ އިތުރު ތިން ބޮޑީގާޑުންނާ ގުޅުން ކެނޑިފައިވާ ކަމަށާއި، އެ މީހުންނަށް ވެފައި ވަނީ ކޮންކަމެއް ކަމެއް އަދި ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަލާގައި އެއްވެސް ފުރާނައެއް ގެއްލުމަކީ ހިތާމަވެރި ކަމެއްކަން އަލް-ހިންދީ ވަނީ ފާހަގަކުރައްވާފައެވެ. އަދި އޭނާ ވިދާޅުވީ މި ޙަރަކާތުގެ ލީޑަރޝިޕްގެ ލޭ ވެސް ހަމަ ކޮންމެ ފަލަސްޠީނު ކުއްޖެއްގެ ލެއާ އެއްފަދަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު