ކާޑުގެ ބާވަތްތައް ހިމެނޭހެން ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް އެސްޓީއޯއިން ގަނޑުކޮށް އެެތެރެކޮށް ވިއްކަން ފެށުމަށް ކެބިނެޓުން ނިންމައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް އެމަނިކުފާން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ބަދަލުތަކެއް ގެނައުމަށް މިއަދު ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ މޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން އާއްމުކޮށް ހަތަރު ރުފިޔާ އާއި ފަސް ރުފިޔާއާ ދެމެދުގެ އަގަކަށް ލިބޭ އާފަލާއި އޮރެންޖުގެ އަގު މިހާރު ވަނީ 13 ރުފިޔާއަށް ވުރެން ބޮޑުވެފައެވެ. މީގެ އިތުރުން ވެސް ބައެއް ކާބޯތަކެތީގެ އަގުތައް ރާއްޖޭގެ ބާޒާރުގައި ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިކަމާ ކަންބޮޑުވުން ފާޅުކޮށް ގިނަބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މޭވާގެ ބާވަތްތަކުގެ އަގު މައްޗަށް ދިއުމާ ގުޅިގެން އެސްޓީއޯއިން ވަނީ އޮރެންޖު އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ. އެގޮތުން މިހާރު އެސްޓީއޯއިން އޮރެންޖު ކިލޯއެއް 35 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު