ސަރުކާރުގެ ނިންމެވުމަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާއާއި ޝުކުރު ދަންނަވައި ސުޕްރީމް ކޯޓުން ޓުވީޓު ކުރުމަކީ ޖުޑިޝަލް އެތިކްސްއާ ފުށުއަރާ ކަމެއް ކަމަށް ޑިމޮކްރެޓްސްގެ ރައީސްކަން ކުރެއްވި އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވެފައި މިވަނީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުއީ ދާއިރާއަށް ކަނޑައަޅަން ނިންމަވާފައިވާކަން އިއުލާނު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓު ރީޕޯސްޓުކޮށް، ސުޕްރީމް ކޯޓުން ރައީސަށް މަރުހަބާ ދެންނެވުމާ ގުޅިގެންނެވެ.
ސްޕްރީމް ކޯޓުން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާ ކުރައްވައި، މިނިވަން ޖުޑިޝަރީއެއް ގާއިމު ކުރެއްވުމަށް، ރައީސް ޑރ. މުޢިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުމަށް ކެބިނެޓުގައި މަޝްވަރާކުރައްވައި ނިންމެވި ނިންމެވުމަށް އުފާކޮށް މަރުހަބާ ދަންނަވާފައެވެ. އަދި މި ނިންމެވުމަކީ ދެމެހެއްޓެނިވި ނިންމެވުމަކަށް ހެއްދެވުމަށްޓަކައި ގާނޫނީ ބާރުވެރިކަން ލިބިދެއްވުމުގެ މަސައްކަތް ފައްޓަވާފައިވާތީ، ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ނަމުގައި ރައީސް ޑރ. މުޢިއްޒުއަށް ޝުކުރު ދަންނަވާ ކަމަށް ވެސް ޕޯސްޓުގައި ވެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އިންތި ވިދާޅުވީ ސަރުކާރުގެ އެ ނިންމެވުން ނިންމެވިކަން ފާހަގަކުރެއްވުމަކީ ގޯހެއް ނޫން ކަމަށެވެ.
އެހެންނަމަވެސް "އުފާކުރައްވައި" "މަރުޙަބާ ދަންނަވައި" "ރައީސަށް ޝުކުރުދަންނަވައި" މިފަދަ ބަސްތަކުން ސްޕްރީމް ކޯޓުން ޓްވީޓްކުރެއްވުމަކީ ޖުޑިޝަލް އެތިކްސް އާ ފުށުއަރާކަމެއް ކަމަށް ދެކޭކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު