ޝާހިދު ފީއަލީގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރެއްވުން-
ޝާހިދު ފީއަލީގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރެއްވުން-
ސަރުކާރުން ގައުމު ލޫޓުވަމުން ދިޔުމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށްބުނެ އޮކްޓޫބަރު 3 ގައި އެމްޑީޕީއިން ކުރިއަށް ގެންދާ "ލޫޓުވައިފި ލޫޓުވައިފި" ހަރަކާތަށް ފީއަލީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އެބައޮތްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ފ. ފީއަލީ ކައުންދިލްގެ ދައުވަތަކަށް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށު އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޝާހިދު ވިދާޅުވީ ފީއަލީގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި، ޕާޓީގެ އެކިއެކި ކަންކަމާއި، އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ސަރުކާރުން ގައުމު ލޫޓުވަމުން ދިޔުމާ ދެކޮޅު ހެދުމުގެ ގޮތުން އޮކްޓޫބަރު 3 ގައި އެމްޑީޕީ އިން ނިކުންނަ ނިކުތުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރި ކަމަށް ޝާހިދު ވިދާޅުވިއެވެ.



"ފީއަލި އެމްޑީޕީ ޓީމް އޮތީ ބަދަހިކޮށް، ރަށުގެ ބާރުވެރިކަން ރަށުގައި ބޭއްވުމަށް ތައްޔާރަަށް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އޮކްޓޫބަރު 3 ގައި ފީއަލީގެ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު