މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ނިއުރޭޑިއަންޓްގެ ސްކޮޑް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބްރެޒިލްގެ މިޑްފީލްޑަރެއް އެޓީމަށް ގެނެސްފިއެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ގިނަގުނަ ކާމިޔާބީތައް ހޯދާފައިވާ ކްލަބެކެވެ. އެގޮތުން ދިވެހި ޕްރިމިއަރ ލީގާއި، އެފް.އޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ފަދަ މުބާރާތްތަކުން ތަށިތައް ހޯދާފައިވެއެވެ.
ރަސް އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ނިއުރޭޑިއަންޓްގެ އިސްއޮފިޝަލަކު މިއަދު ވިދާޅުވީ، އެޓީމާއި ގުޅިފައިވަނީ ބްރެޒިލްގެ މިޑްފީލްޑަރެއް ކަމަށްވާ ލުއިޒް ގޯމޭޒް ޑަ ސިލްވާ ކަމަށެވެ. ބްރެޒިލްގެ މިޑްފީލްޑަރެއް ނިއުރޭޑިއަންޓާއި ގުޅިފައިވާއިރު، މިސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ނިއުރޭޑިއަންޓަށް ދޭން އެފްއޭއެމުން ވަނީ ނިންމައިފައެވެ.
ނިއުއިން ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅައަށް އަނބުރާ އައިސްފައިވާއިރު، ޓީމުގެ ކޯޗަކަށް ކުރިން ގައުމީ ޓީމުގައި ހުރި ކާމިޔާބު ކޯޗު، އަލީ ސުޒޭން ވަނީ ގެންގޮސްފައެވެ.
ހަމައެއާއެކު އަލީ އަޝްފާގު (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން މާޒިޔާ ސްޕޯޓްސް ކްލަބު ދޫކޮށްލި ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު އިރުފާން (އިރޭ)، ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އަދި ޒުވާން ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ)ގެ ސޮއިވެސް އެ ޓީމުން ވަނީ ހޯދައިފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ރަސްމީކޮށް ފަށާނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް ވާދަކުރާ ޗެރިޓީ ޝީލްޑް މެޗުންނެވެ.
އެފްއޭއެމްގެ އާ އެކްސްކޯއިން އެކުލަވާލި ފުޓުބޯޅައިގެ އާ ސިސްޓަމުގައި ވާގޮތުން ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި މިހާރު 10 ކްލަބު ހިމެނެއެވެ. އެ ދިހަ ކްލަބަކީ ޕްރިމިއާ ލީގު ކުޅޭ 10 ކްލަބެވެ. ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށަން އެފްއޭއެމްއިން ކަލަންޑަރު ފައިނަލް ކޮށްފައިވާ އިރު، ރަސްމީކޮށް ލީގު ފަށާނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ގައެވެ.

ކިޔުންތެރިންގެ ހިޔާލު