މަސްވެރިން މަސް ކިރުވުމުގެ މަސައްކަތުގައި (ފޮޓޯ: ސޯޝަލް މީޑިއާ)
މަސްވެރިން މަސް ކިރުވުމުގެ މަސައްކަތުގައި (ފޮޓޯ: ސޯޝަލް މީޑިއާ)
މިފްކޯ އިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

މިފްކޯ އިން އެ ކުންފުނީގެ މަސް ގަންނަ ސެންޓަރުތަކަށް ފޮނުވާފައިވާ މެމޯއެއްގައި ވަނީ، މާދަމާ އިން ފެށިގެން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ހެޔޮ ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުން މަސް ދޯނި ފަހަރަށް 8 ރުފިޔާ 65 ލާރިއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 7 ރުފިޔާ 33 ލާރިއަށްކަމަށް މިފްކޯއިން ބުނެއެވެ. އަދި އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 13 ރުފިޔާ އަށެވެ.

މީގެ ކުރިން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެފައިވަނީ، މަސްވެރިންނަށް ޑިއުޓީ ފްރީގެ ލުޔެއް ތެލުން ލިބޭނެ ކަމަށާއި، މަސްވެރިންނަށް ލުޔެއް ދިނުމަށް ވިސްނަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި މަސްވެރިންނަށް ތެލުގެ އަގު މިއަށްވުރެ ހެޔޮކޮށް ލިބޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަސްވެރިންނަށް ފޯރުކޮށްދޭ ޑީސަލުގެ އަގުހެޔޮކުރުމަކީ ރައީސް ޞާލިޙްގެ ވަޢުދަކަށް ވާއިރު، މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަސްކިރާ ބޯޓުތަކުން ތެޔޮވިއްކާ އަގު ބޮޑުވުމުގެ މައްސަލަ ސަރުކާރުން މިވަނީ ޙައްލުކޮށް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން