ދަރަނި ދެއްކުން ފަސްކޮށްދިނުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ގުޅުމުގެ ވަރުގަދަކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިދިޔަ ސަރުކާރުގައި އިންޑިއާއިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު މިއަދަށް ހަމަވެފައިވަނިކޮށް، އިތުރު އަހަރަކަށް އެ ބިލު ފަސްކޮށްދިނުމާ ގުޅިގެންނެވެ.
މި ބިލު ދެއްކުން ފަސްކޮށްދީ ރާއްޖޭގެ ބަޖެޓަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ހަލީލް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު އަށާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ މި އެހީތެރިކަމަކީ ދެގައުމުގެ ދެމެދުގައިވާ ގުޅުން އަލުން ކަށަވަރުކޮށްދޭ ކަމެއް ކަމުގައެވެ.
އަދި މިކަމުގެ ސަބަބުން ދިގު މުއްދަތަކަށް މާލީ ދެމެހެއްޓެނިވިކަން ހާސިލުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު