އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
މީޑިއާ ރެގިއުލޭޓުކުރިކަމުގައި ވީނަމަވެސް ރައްޔިތުންގެ އަޑު މަޑެއް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ މީޑިއާ ކޮންޓްރޯލު ކުރުމުގެ ބިލު ތަސްދީގުނުކުރުމަށް ބައެއް ނޫސްވެރިންނާއި، ބައެއް ޖަމިއްޔާތަކުން ގޮވަމުންދަނިކޮށް، އެ ބިލު މިއަދު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު މީޑިއާ ކޮންޓްރޯލް ބިލް ތަސްދީޤުކުރެއްވުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، މީޑިއާގެ އަޑު މަޑުކުރުމަށް ކުރެވޭ ފާޅުކަން ބޮޑު މަސައްކަތެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ އިރާދަ އަބަދުވެސް ކާމިޔާބު ވާނެކަމަށާއި، ރައްޔިތުންގެ އަޑު މަޑެއް ނުކުރެވޭނެކަމަށެވެ.

އަދި އަނިޔާވެރި ވެރިކަމުގެ ނިޒާމުތަކަށް ފާޑުކިޔުން ނުވަތަ ދެކޮޅުވެރިކަން މަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފަހުން ނާކާމިޔާބު ވާނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު