މަރްޔަމް ނަހްދާ ވަޙީދު   19 ސެޕްޓެމްބަރު 2025 - 10:34
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު-
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު-
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި މުބާރާތުގައި ޖުމުލަ 1036 ކުދިން ކިޔަވާނެއެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިން ބައިވެރިވެގައިވާއިރު، ނުބަލައި ކިޔެވުމުގެ ގޮފީގައި 423 ބައިވެރިން ހިމެނެއެވެ. އަދި ޙާފިޒުންގެ ގޮފީގައި 31 ޙާފިޒަކު ކިޔެވުމަށް ހަމަޖެހިފައިވެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ މުބާރާތް ކުރިއަށްދާނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަދި މުބާރާތް ކުރިއަށްދާނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުންވެސް އެ ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވާނެއެވެ.

މިފަހަރުގެ މުބާރާތް ބާއްވަނީ ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު