އަންނަ އެޕޭރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ފަސް ކުރުމާއި މެދު ސިޔާސީ ބޭފުޅުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެއްޖެއެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާއި ގުޅިގެން އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ފަސް ކުރަން ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ. މިކަމާ ގުޅިގެން ނޫސްވެރިން ސުވާލު ދެންނެވުމުން ކޮރޯނާވައިރަހާ ގުޅިގެން މައުލޫމާތު ދެއްވާ އިސް ވަޒީރު އަލީ ވަހީދު ވިދާޅުވީ އެކަމާއިމެދު ރައީސް ޞާލިޙްގެ ކެބިނެޓްގައިވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ކެބިނެޓުން ބުރަވެ ވަޑައިގަންނަވަނީ ޕާޓީތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު ހުރިހާ ބޭފުޅުން އެއްބަސްވާ ގޮތަކަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އޭގެ ފަހުން ސަރުކާރުން ސީދާ އެކަމާއިބެހޭ ގޮތުން ބަހެއް ބުނެފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.
އިންތިޚާބު ފަސްކުރުމަށް ގޮވާލާ ސިޔާސީ ބައެއް ބޭފުޅުން ސޯޝަލް މީޑިޔާގައާއި ބައެއް މީޑިޔާތަކުގައި ވާހަކަ ދައްކަވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުންގެ އިތުރުން ރައީސް މައުމޫންވެސް މިއަދު ވަނީ ލޯކަލް އިންތިޚާބު ފަސް ކުރަން ގޮވާލައްވަފައެވެ.
ނަމަވެސް މަޖިލީހުގައި މިކަމާ ގުޅިގެން ދެކެވުނު ވާހަކަ ތަކުގައި އެމްޑީޕީގެ މެންބަރުންގެ ރޫޙު ހުރީ އިންތިޚާބު ފަސްކުރާ ގޮތަކަށް ނޫނެވެ. މިހާރުގެ ސަރުކާރު ހިންގާ މައި ޕާޓީގެ މެންބަރުން ބުރަވެވަޑައިގަންނަވަނީ އިންތިޚާބު މިހާރުވެސް ބާއްވަން އޮތް ތާރިޚުގައި ކުރިއަށް ގެންދިއުމަށެވެ. މިއަދު މަޖިލީހުގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވިދާޅުވެފައިވަނީ އިންތިޚާބު ފަސް ކުރަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް 19 އަށް ރާއްޖެއިން ވެސް ހަ މީހަކު ޕޮޒިޓިވްވެ ކޮރޯނާވައިރަސް އިތުރަށް ފެތުރިދާނެ ކަމުގެ އިންޒާރު ދެމުންދާތީ ސިޔާސީ ޕާޓީ ތަކުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން މަޑުޖައްސާލާފައެވެ. އެމްޑީޕީން ކުރަމުން ގެންދިޔަ ކެމްޕޭން ދަތުރުތައް ހުއްޓާލި ނަމަވެސް މީސް މީޑިޔާ މެދުވެރިކޮށް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދާނެކަން އެޕާޓީން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ މީސްމީޑިޔާ މެދުވެރިކޮށް ޕާޓީގެ ކެމްޕޭންގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު