ކުރީގެ ނައިބު ރައީސް އަދީބު އޭރުގެ މަޖިލީހުގެ ނުފޫޒުގަދަ ބައެއް މެންބަރުންނާއެކު
ކުރީގެ ނައިބު ރައީސް އަދީބު އޭރުގެ މަޖިލީހުގެ ނުފޫޒުގަދަ ބައެއް މެންބަރުންނާއެކު
ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ކުރީގެ ފޯނުން ކޮށްފައިވާ ކަމަށް ބުނާ މުޢާމަލާތްތަކެއް މީސްމީޑީއާގައި ލީކު ކޮށްލާފައި ވަނިކޮށް އުނގޫފާރު ދާއިރާގެ ކުުރީގެ މެންބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑޭ) މީސްމީޑިއާއަށް ބޮޑު ސުވާލެއް ދޫކޮށްލައިފިއެވެ.

މި ހަފްތާގައި ރާއްޖޭގެ މީސްމީޑިއާގައި އެންމެ ބޮޑަށް ދައުރުވަމުން އަންނަ އަދީބުގެ ފޯނުގެ މެސެޖްތަކުގައި ގިނަ ޢަދަދެއްގެ މަޢުލޫމާތުތަކެއް ހުރިއިރު އޭގައި އޭރާއި މިހާރުގެ ސިޔާސީ އަދި އެހެނިހެން ނުފޫޒުގަދަ މީހުނާއި އަދީބާއި ދެމެދު ބަދަލު ކޮށްފައިވާ ގިނަ ޢަދަދެއްގެ މުޢާމަލާތްތަކެއް ހިމެނެއެވެ. ޖުބްރާން ޝަރީފްގެ ނަމުގައި ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ އެކައުންޓަކުން ލީކު ކޮށްލާފައިވާ ރިޕޯޓުން ފެންނަ ގޮތުން އެއީ، 2014 ވަނަ އަހަރުގެ ފަހުކޮޅު ހިންގާފައިވާ މުޢާމަލާތްތަކެކެވެ.

އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ ފަރަޑޭ ފޮރެންސިކްސް އިން 2015 ވަނަ އަހަރު ނެގި މަޙުލޫމާތުތައް ހިމެނޭ ޖުމުލަ 2،973 ސަފުހާގެ އެ ރިޕޯޓުގައި 81،167 މެސެޖު އެބައޮތެވެ.

އެރިޕޯޓް ލީކުވުމާ ގުޅިގެން ވައްޑެ ވަނީ އެރިޕޯޓުން އަދީބު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ބެއްސެވި ކަމަށް ބެލެވޭނަމަ، މިހާރުގެ މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ އިތުރުން ފައިސާ ލިބުނު ކަމަށް މީޑިއާގައި މީގެ ކުރިން ދައުރުވި ޚަބަރުތަކުގެ އަސްލާމެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.



ވައްޑެ މިފަދަ ސުވާލެއް ކުރަށްވާފައި ވާއިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް މީގެކުރިން ވިދާޅުވެފައިވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް މުސާރައިގެ އިތުރުން ކޮންމެ މަހަކު ބައިލައްކައެއްހާ ރުފިޔާ ދޭކަމަށް ބުނެ މީޑިއާތަކުގައި ދައްކާ ވާހަކައަކީ ދޮގެއްކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގައި މުލިއާގޭގައި ޖެހިހާ ސަކަރާތް މި ސަރުކާރުން ނުޖަހާނެ ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ރިޝްވަތު ދެއްވާނެ ބޭފުޅެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ލީކުވެފައިވާ އަދީބުގެ ފޯނުގެ މެސެޖްތަކުން އެނގޭ ގޮތުގައި ބައެއް ބޭފުޅުން ވަނީ ޢުމްރާގައި ތިއްބަވައިގެންވެސް އަދީބުގެ އަތުން ފައިސާ ހޯއްދަވާފައެވެ. އަދި ސައިކަލު ގަތުމަށާއި، އެޕާޓްމަންޓްގެ ކުލި ދެއްކުމަށާއި، ދަތުރު ދިއުމަށާއި، ކޯޓް ކޭސްތަކަށް ފައިސާ ހޯއްދެވި ކަމަށް ބެލެވޭ މެސެޖްތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އަދީބުގެ ފޯނުން އެތައް ހާސް މެސެޖެއް ލީކުވެ ސިޔާސީ އެތައް ބަޔަކަށް އެތައް ތުހުމަތެއް އަމާޒުވެފައިވާއިރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީއަށް ނާކާމިޔާބުވި ފަހުން، ދައުރު ނިމެން ތިން ދުވަހަށްވެފައި ވަނިކޮށް ކުރީގެ ރައީސް ޞާލިޙް ވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ކޯޓުގައި އަމިއްލައަށް ކުށަށް އިއުތިރާފުވި އަދީބާއި، ޒިޔަތަށް މާފުދީ މިނިވަން ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު