ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
މި ސަރުކާރަށް 2 އަހަރު ވީއިރު އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކިފައި ނުވާތީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ސުވާލު އުފައްދަވައިފިއެވެ.

އިންޑިއާއަށް ދައްކަން ޖެހިފަ އޮތް 50 މިލިއަން ޑޮލަރު 2 އަހަރު ވީއިރު ދައްކާފައި ނުވާތީ އަމްރު ވަނީ އެފައިސާ ނުދެއްކުނީ އެވަރަށް ފައިސާ ނުލިބިގެން ކަމާމެދު ސުވާލު އުފައްދަވާފައެވެ.

އަމްރު މިފަދަ ސުވާލެއް އުފައްދަވާފައިވާއިރު މާލީ ވުޒާރާއިން މިމަހުގެ 18 ވަނަ ދުވަހު ބުނެފައިވަނީ، މިމަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން ފަސްކޮށްދިފައިވާ ކަމަށެވެ. މިއީ އިންޑިޔާ ސަރުކާރުން މިފައިސާ ދެއްކުން ފަސްކޮށްދިން ދެވަނަ ފަހަރެވެ.

އެކަމާ ގުޅިގެން އަމްރު ވިދާޅުވީ އިންޑިއާގެ ލޯނު ދެއްކުން ސަރުކާރުން ފަސްކުރަމުން ދާއިރު، ސަރުކާރުން ބަޖެޓް ކޮށްފައިވާ ވަރަށް ރައްޔިތުން ޓެކްސް ދެއްކި ކަމަށާއި، އަދި އަންދަޒާ ކުރިވަރަށްވުރެ އިތުރަށް ފަތުރުވެރިންވެސް ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އޭގެއިތުރުން ރާއްޖެއަށް ވަންނަ ޑޮލަރުކޮޅުވެސް ސަރުކާރަށް ނެގިކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ސަރުކާރުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން އިންޑިއާއިން ފަސްކޮށްދިނީ މިމަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރެވެ. މީގެ ކުރިން ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރު ދައްކާފައެވެ.

އިންޑިއާގެ ދަރަނި ދެއްކުން އެޤައުމުން ފަސްކޮށް ދިނުމާއި ގުޅިގެން މާލީ ވުޒާރާއިން ބުނީ އިންޑިޔާގެ މިނިންމެވުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމަށެވެ.

އިންޑިއާއަށް ދައްކަން ޖެހިފަ އޮތް 50 މިލިއަން ޑޮލަރު ފަސްކޮށްދީފައިވާއިރު، އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ރައީސް ޞާލިޙްގެ ދައުރުގައި ވަނީ އެއްބަސްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު