މަރްޔަމް ނަހްދާ ވަޙީދު   25 ސެޕްޓެމްބަރު 2025 - 15:34
ފަނޑިޔާރުކަމުގެ ހުވާ ކުރުމަށޤ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ހައިކޯޓު
ފަނޑިޔާރުކަމުގެ ހުވާ ކުރުމަށޤ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ހައިކޯޓު
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަން ކޮށްފިއެވެ.

ސުޕްރީމްކޯޓުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ މިކަން އިއުލާންކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް 14 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެ ބޭފުޅުންގެ ތެރެއިން އިސްގާޒީ މާހިރު އެ މަގާމަށް އައްޔަންކުރަން ޖޭއެސްސީން ނިންމީ މިއަދު ހެނދުނު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އިސްގާޒީ މާހިރު އައްޔަންކުރަން ޖޭއެސްސީން މިއަދު ނިންމީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެންމެ ފުރަތަމަ ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިިނިސްޓަރު މުހައްމަދު ޝަހީދު އައްޔަން ކުރުމަށެވެ.

ނަމަވެސް ޝަހީދު އައްޔަން ކުރަން ނިންމުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެހެންވެ އޭނާ ވަނީ އެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވެފައެވެ. އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލީ ޝަހީދު ނަން އަނބުރާ ގެންދެވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު