ބޮޑެތި ބަލިތައް ތަޙައްމަލްކުރާ މީހުންނަށް ޕެންޝަން ފައިސާ އަވަހަށް ލިބޭނެ އިސްލާޙެއް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޕެންޝަންގެ ޤާނޫނުގައި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނާ ގުޅޭގޮތުން ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާތަކެއް ނުހިމެނޭ ކަމަށެވެ.
އެހެންކަމުން ކުޑޫ ހުށަހެޅުއްވީ، ޕެންޝަން އޮފީހުން ކަނޑައަޅާ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޓީމަކުން ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ކަށަވަރުކޮށް، އެ މީހުންގެ އުމުރާއި މަސައްކަތްކުރި އަހަރަށް ނުބަލައި ޕެންޝަންގެ ފައިސާ ވީއެންމެ އަވަހަށް ލިބޭނެ ގޮތް ހެދުމަށެވެ. އަދި ޕެންޝަން ފައިސާ ހޯދަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެފައިސާ ދޫކުރުން ލާޒިމްކުރުމަށްވެސް ކުޑޫ ހުށައެޅުއްވިއެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ކުޑޫ ވިދާޅުވީ، ޕެންޝަން ޤާނޫނުގައި ޓާރމިނަލީ އިލް ބަލިތައް ތަހައްމަލުކުރާ މީހުންގެ ޕެންޝަން ފައިސާ އާއި މެދު އަމަލު ކުރާނެ ސާފު ގޮތެއް ނެތް ކަމަށެވެ.
"މީގެ ސަބަބުން މިފަދަ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނާއި އެ މީހުންގެ އާއިލާތަކަށް އުފުލަން ޖެހޭ ތަކުލީފު ބޮޑު. މިފަދަ ފަރާތްތަކަށް އޯގާތެރިކަމާއެކު އަވަސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޕެންޝަން ފައިސާ ކުރިން ލިބޭނެ މަގު ތަނަވަސްކޮށްދީ، ކްލެއިމް ކުރުމުގެ އިޖުރާއާތުތައް ފަސޭހަކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހަޅައިފިން." ކުޑޫ ވިދާޅުވެފައިވެއެވެ.
ކުޑޫ މިފަދަ އިސްލާޙެއް ޕެންޝަން ޤާނޫނަށް ހުށައަޅުއްވާފައިވާއިރު، ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައި އިތުރުވަމުންދާތީ އެކަމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު