މަރްޔަމް ނަހްދާ ވަޙީދު   4 އޮކްޓޯބަރު 2025 - 12:33
ސޮރީގެ ކާސްޓުން-
ސޮރީގެ ކާސްޓުން-
ޖޫން 17 ގައި އޮލިމްޕަސް ސިނަމާގައި އެޅުވި "ސޮރީ" އަދިވެސް ޝްވެކް ސިނަމާގައި ސްކްރީން ކުރަމުން އެބަދެއެވެ.

މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ އެންމެ ފަހުގެ ޑައިރެކްޝަން "ސޮރީ" އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

އޮލިމްޕަސްގައި ހައުސްފުލް ޝޯތަކެއް ދެއްކުމަށްފަހު އޮލިމްޕަސް އިން ނުކުންނަން ޖެހުނީ ލިބިފައިވާ ދުވަސް ހަމަވެގެން، އިތުރަށް ދެން އޮލިމްޕަސް އިން ތާރީހެއް ނުލިބިގެންނެވެ.

"ސޮރީ" އަށް އޮތް ތަރުހީބު ބޮޑުވެ އޭރުވެސް 2 ފަހަރެއްގެ މަތިން އޮލިމްޕަސްގެ މުއްދަތު ވަނީ މި ފިލްމަށް އިތުރު ކޮށްދީފައެވެ.

އޮލިމްޕަސްއާ ވަކިވުމަށްފަހު ދެން މި ފިލްމު އަޅުވަން ފެށީ ޝްވެކް ސިނަމާގައެވެ. މިރޭވެސް ޝްވެކް ސިނަމާގައި "ސޮރީ" ދައްކާނެއެވެ.

މިހާރުވެސް ފިލްމުގެ ޓިކެޓު ވިއްކަމުން ދާއިރު، ޓިކެޓު ހޯދަން ބޭނުންވާ ފަރާތްތަކުން 7844422 އަށް ގުޅާލުމުން އޮންލައިންކޮށް ޓިކެޓު ލިބޭނެއެވެ.



ސޮރީގެ ޓްރެއިލާ ރިލީޒްކުރި ހިސާބުން ޓިކްޓޮކްފަދަ ޕްލެޓްފޯމުތަކުގައި ހުއްޓުމެއްނެތި އިވެމުންދިޔައީ "ސޮރީ" ގެ ލަވަތަކެވެ. އަދިވެސް މި ފިލްމުގެ ގިނަ ލަވަތައް އުޅެބީ މަގްބޫލު ލިސްޓުގެ އެންމެ ކުރީގައެވެ. މިހާރު މި ލަވަތައް އެޕަލް މިއުޒިކް، ސްޕޮޓިފައި އަދި ޔޫޓިއުބުންވެސް ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު