ޕެޕަރ ސްޕްރޭ އިން ހާޓް އެޓޭކެއް ނުޖެހޭނެކަމަށް އައިޖީއެމްއެޗުން ބުނުމުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ކަންބޮޑުވުން ފާޅުކުރައްވައި އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީއިން މާލޭގައި ބޭއްވި އިހުތިޖާޖުގެ ބައިވެރިޔަކަށް ހާޓް އެޓޭކެއް ޖެހުނުކަމަށް ބުނެ އައިޖީއެމްއެޗުން ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. މި ބަޔާނުގައި އައިޖީއެމްއެޗުން ވަނީ އޭނާއަށް ހާޓް އެޓޭކް ޖެހުނީ ޕެޕަރ ސްޕްރޭ ގެ ސަބަބުން ނޫންކަމަށް ބުނެފައެވެ.
އައިޖީއެމްއެޗުގެ ބަޔާނަށް ކަންބޮޑުވުން ފާޅުކޮށް ރައްދުދެއްވައި މީކާއީލް ވަނީ ވަކިފަރާތަކަށް ޖެހި، ސިޔާސީ ވެފައިވާ ސިއްހީ ޚިދުމަތްދޭ އިދާރާއަކަށް އިތުބާރު ކުރެވޭނެ ހަމައެއް އޮތްތޯ ސުވާލު ކުރަށްވާފައެވެ. މީގެއިތުރުން އައިޖީއެމްއެޗަކީ ޕީއެންސީގެ ފަސްޓް އެއިޑް ގްރޫޕެއްތޯވެސް މީކާއީލް ސުވާލު ކުރައްވާފައިވެއެވެ.
މީކާއީލް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީން ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގެ އިހުތިޖާޖުގެ ބައިވެރިންނާ ދިމާލަށް ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމުން އިހުތިޖާޖުގެ ބައިވެރިއަކު ނޭވާލާން އުނދަގޫވެ މޭގައި ރިއްސާ، އެކިއުޓް މަޔޯކާރޑަލް އިންފާކްޝަން، އެމް އައި ނުވަތަ ހާޓް އެޓޭކް އެެއް ޖެހިފައިވާކަން އައިޖީއެމްއެޗުގެ ސަމާލުކަމަށް އައި ނަމަވެސް މިހާދިސާ ދިމާވެފައިވަނީ ޕެޕަރ ސްޕްރޭގެ ސަބަބުން ނޫންކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
އައިޖީއެމްއެޗުގެ ބަޔާނުގައި ޕެޕަރ ސްޕްރޭ ޖެހުމުން ނޭވަޔަށް އުނދަގޫކޮށް ކެއްސިކަމުގައި ވީނަމަވެސް ޕެޕަރ ސްޕްރޭ އަކީ ސީދާ އޭގެ ޒާތުގަ މީހަކަށް ހާޓް އެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫންކަމަށް ވަނީ ބުނެފައެވެ. އަދި މިފަދަ ހާދިސާއެއްގައި ހާޓް އެޓޭކް ފަދަ ކަމެއް މެދުވެރިވުންގާތީ ސިއްހީ މައްސަލައެއް ހުންނަ ފަރާތަކަށް ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
އައިޖީއެމްއެޗުން މިހެން ބުނި ނަމަވެސް ޕެޕަރ ސްޕްރޭގައި ހިމެނޭ މާއްދާ ތަކުގެ އަސަރު މާކައިރިން ނުވަތަ ޑައިރެކްޓުކޮށް ކޮށް، އަދި ޕެޕަރ ސްޕްރޭގައި ހިމެނޭ މާއްދާތަކަަށް އެލަރޖިކުވެއްޖެނަމަ ހިތުގެ މަސައްކަތަށް ބުރޫ އަރާ ކޮންޑިޝަން އެއްކަމަށްވާ ކާޑިޔޯމަޔޯޕަތީއަށް މީހާ ހުށައެޅިގެން ދިއުން ގާތްކަމަށް އެމެރިކަން ކޮލެޖް އޮފް ޗެސްޓް ފިޒިޝަންސްގައި ޝާއިރުކޮށްފައިވާ ދިރާސީ ރިޕޯޓެއްގައި ބަޔާންކޮށްފައިވެއެވެ.
ކާޑިޔޯމަޔޯޕަތީއަށް މީހާ ހުށައެޅިގެން ދިޔުމުން މީހާ ދިރިހުރުމަށް ބޭނުންވާ އޮކްސިޖަން ލިބެންވާ ވަރަށް ނުލިބި، ލޭގައި އޮކްސިޖަން ދައުރުވާ މިންވަރު ދަށަށް ގޮސް، ހިތުގެ މަސައްކަތްތަކަށް ބުރޫއަރައެވެ. މީގެ ސަބަބުން ހިތުގެ މަސްތައް ރަނގަޅަށް މަސައްކަތްކުރުން ހުއްޓާލައި، ހިތުން އޮކްސިޖަން އެކުލެވޭ ލޭ ޕަމްޕް ކުރުން ދަށްކޮށްލައި ހިތުގެ އެކި ކޮންޑިޝަންތަކަށް މަގުފަހިވެގެންދެއެވެ.
ސިއްހީ އެކި މާހިރުން ބުނާ ގޮތުން ހާޓް އެޓޭކެއް ޖެހުމުންވެސް ކާޑިޔޯމަޔޯޕަތީއަށް މީހާ ހުށައެޅިގެން ދެއެވެ. އަދި ބައެއް ހާލަތްތަކުގައި ކާޑިޔޯމަޔޯޕަތީ އަށް ހުށައެޅިއްޖެނަމަ ހިތުގެ އެކި މަސައްކަތް ހުއްޓި، ހާޓް އެޓޭކް ޖެހުމަށް މަގުފަހިވާނެކަމަށްވެސް ސިއްހީ މާހިރުންގެ އެކި ދިރާސާ ރިޕޯޓުތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު