ސިއްޙީ ޚިދުމަތް ހޯދުމަށް ގޮސްތިބި ގައިދީންތަކެއް
ސިއްޙީ ޚިދުމަތް ހޯދުމަށް ގޮސްތިބި ގައިދީންތަކެއް
ހަސްފަތާލުތަކުގެ ބޭސް ސިޓީ ލިޔެދިނުމުގެ ކޮންޓްރޯލުވެސް ނެންގެވީތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު މީސްމީޑިއާއަށް ސުވާލެއް ދޫކޮށްލައްވައިފިއެވެ.

ވައްޑެ މިފަދަ ސުވާލެއް ކުރަށްވާފައިވަނީ، ޕެޕަރ ސްޕްރޭގެ ސަބަބުން ހާޓްއެޓޭކް ނުޖެހޭނެ ކަމަށްބުނެ އައިޖީއެމްއެޗުން ނެރެފައިވާ ބަޔާނަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން އައިޖީއެމްއެޗުން ބުނެފައި ވަނީ، ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އިހުތިޖާޖުގެ ބައިވެރިއަކު ނޭވާލާން އުނދަގޫވެ މޭގައި ރިއްސާ، އެކިއުޓް މަޔޯކާރޑަލް އިންފާކްޝަން، އެމް އައި ނުވަތަ ހާޓް އެޓޭކެއް ޖެހިފައިވާކަން ހޮސްޕިޓަލްގެ ސަމާލުކަމަށް އައި ނަމަވެސް މިހާދިސާ ދިމާވެފައިވަނީ ޕެޕަރ ސްޕްރޭގެ ސަބަބުން ނޫން ކަމަށެވެ.

އެކަމާ ގުޅިގެން ވައްޑެ ވަނީ، ތިން ބާރާއި، މިނިވަން މުވައްސަސާތަކާއި، ބޭންކުތަކާއި، މީޑިޔާ ކޮންޓްރޯލު ކުރުމަށްފަހު، ހަސްފަތާލުތަކުގެ ބޭސް ސިޓީ ލިޔެދިނުމުގެ ކޮންޓްރޯލުވެސް ނެގީތޯ ސުވާލު ކުރަށްވާފައެވެ.

ވައްޑެ މިފަދަ ސުވާލެއް ކުރަށްވާފައިވާއިރު، އެމްޑީޕީން ރޭ ބޭއްވި ޤައުމީ މަޖިލީހުގައި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް ވަނީ، އައިޖީއެމްއެޗުން ޢާއްމު ފަރުދެއްގެ ސިއްޙީ މަޢުލޫމާތުތަކެއް އެފަރާތުގެ ހުއްދަނެތި ޢާއްމު ކުރުން ކުށްވެރި ކުރަށްވާ ކަމަށް ވިދާޅުވެފައެވެ.

ޕެޕަރސްޕްރޭގެ އަސަރުކޮށްގެން ހާޓްއެޓޭކް ނުޖެހޭނެ ކަމަށް އައިޖީއެމްއެޗުން ބުނި ނަމަވެސް ޕެޕަރ ސްޕްރޭގައި ހިމެނޭ މާއްދާތަކުގެ އަސަރު މާކައިރިން ނުވަތަ ޑައިރެކްޓުކޮށް، އަދި ޕެޕަރ ސްޕްރޭގައި ހިމެނޭ މާއްދާތަކަަށް އެލަރޖިކުވެއްޖެނަމަ ހިތުގެ މަސައްކަތަށް ބުރޫ އަރާ ޙާލަތެއް ކަމަށްވާ ކާޑިޔޯމަޔޯޕަތީއަށް މީހާ ހުށައެޅިގެން ދިއުން ގާތްކަމަށް އެމެރިކަން ކޮލެޖް އޮފް ޗެސްޓް ފިޒިޝަންސްގައި ޝާއިރުކޮށްފައިވާ ދިރާސީ ރިޕޯޓެއްގައި ބަޔާންކޮށްފައިވެއެވެ.

ކާޑިޔޯމަޔޯޕަތީއަށް މީހާ ހުށައެޅިގެން ދިޔުމުން މީހާ ދިރިހުރުމަށް ބޭނުންވާ އޮކްސިޖަން ލިބެންވާ ވަރަށް ނުލިބި، ލޭގައި އޮކްސިޖަން ދައުރުވާ މިންވަރު ދަށަށް ގޮސް، ހިތުގެ މަސައްކަތްތަކަށް ބުރޫއަރައެވެ. މީގެ ސަބަބުން ހިތުގެ މަސްތައް ރަނގަޅަށް މަސައްކަތްކުރުން ހުއްޓާލައި، ހިތުން އޮކްސިޖަން އެކުލެވޭ ލޭ ޕަމްޕް ކުރުން ދަށްކޮށްލައި ހިތުގެ އެކި މައްސަލަތަކަށް މަގުފަހިވެގެންދެއެވެ.

ސިއްހީ އެކި މާހިރުން ބުނާ ގޮތުން ހާޓް އެޓޭކެއް ޖެހުމުންވެސް ކާޑިޔޯމަޔޯޕަތީއަށް މީހާ ހުށައެޅިގެންދެއެވެ. އަދި ބައެއް ހާލަތްތަކުގައި ކާޑިޔޯމަޔޯޕަތީއަށް ހުށައެޅިއްޖެނަމަ ހިތުގެ އެކި މަސައްކަތް ހުއްޓި، ހާޓް އެޓޭކް ޖެހުމަށް މަގުފަހިވާނެ ކަމަށްވެސް ސިއްހީ މާހިރުންގެ އެކި ދިރާސާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް