ސަރުކާރުގެ އައިނު ފިހާރަ ހިންގުމަށް އަހަރަކު 3.46 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސިއްޙަތާބެހޭ ވަޒީރު އަބްދުالله ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ރައްޔިތުންނަށް ތަނަވަސްކޮށްދިނުމުގެ ގޮތުން "އެމްސީޖީއެޗް އޮޕްޓިކަލްސް" ގެ ނަމުގައި އައިނު ފިހާރައެއް ސަރުކާރުން ޤާއިމު ކޮށްފައިވަނީ، އައިޖީއެމްއެޗްގައެވެ. އަދި އޮގަސްޓު މަހު ހުޅުމާލެ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ވަނީ ހުޅުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ނާޒިމް ވިދާޅުވީ، އައިނުފިހާރަ އައިޖީއެމްއެޗްގައި ގާއިމްކުރުމަށް 2.06 މިލިއަން ރުފިޔާ ޚަރަދުވިކަމަށާއި، 3.46 މިލިއަން ރުފިޔާ ރިކަރަންޓް ޚަރަދުގެ ގޮތުގައި ކޮންމެ އަހަރަކު އެތަން ހިންގުމަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޭގެއިތުރުން ނާޒިމް ވިދާޅުވީ، ސަރުކާރުގެ އައިނު ފިހާރައިން ޚިދުމަތް ފޯރުކޮށްދެނީ އާސަންދައިގެ ދަށުން ކޮންމެ ދެ އަހަރުން އެއްއަހަރު އައިނު ހެއްދުމަށް ކަނޑައަޅާފައިވާ 2،000 ރުފިޔާގެ ތެރެއިން ކަމަށެވެ. އެހެންކަމުން ކޮންމެ ރައްޔިތަކަށް އައިނު ހިލޭ ހެއްދުމުގެ ފުރުސަތު މިއަދު ފަހިވެފައިވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ރައްޔިތުންނަށް ތަނަވަސްކޮށްދިނުމުގެ ގޮތުން “އެމްސީޖީއެޗް އޮޕްޓިކަލްސް” ގެ ނަމުގައި އައިނު ފިހާރައެއް ސަރުކާރުން ޤާއިމު ކޮށްފައިވަނީ، އައިޖީއެމްއެޗްގައެވެ. އަދި އޮގަސްޓު މަހު ހުޅުމާލެ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ވަނީ ހުޅުވާފައެވެ.
ސަރުކާރުގެ އައިނު ފިހާރައިން އައިނުގެ ނަންބަރު ނެގުމާއި، ލެންސް ހެއްދުމާއި، ކެޓެރެކްޓް އަދި ލޮލުގެ ޕްރެޝަރު ބެލުމާއި، ދުރާލާ ގްލައުކޯމާއަށް ޑިޓެކްޓު ކުރެވޭނެ ގޮތްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު