ރާއްޖޭގެ ވެރިކަމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވިފަހުން، ގާނޫނު ނަގަހައްޓަން ތިބޭ ފަރާތްތަކުން ވައްކަންފަދަ ޖަރީމާތައް ހިންގުން އާންމު ކަމަކަށް ވެފައިވާކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ ވެރިކަމާ މުއިއްޒު ޙަވާލުވި ފަހުން ޤާނޫނު ނަގަހައްޓަން ތިބޭ ފަރާތްތަކުން ތަކުރާރުކޮށް މިފަދަ ޖަރީމާތައް ހިންގަމުންދާ ކަމަށާއި، މިއީ މިހާރު އާއްމު ކަމަކަށް ވެފައިވާ ކަމަށެވެ.
އަދި ފުލުހުންނާއި، ކަސްޓަމްސް ފަދަ ތަންތަން މިފަދަ ދަށު ދަރަޖައަށް ވެއްޓިގެން ދިއުމަކީ ޤައުމެއް ފެއިލްޑް ސްޓޭޓަކަށް ވެއްޖެކަމުގެ ހެކި ކަމުގައި ޖަމީލް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު