ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވާ އިދިކޮޅު އެކްޓިވިސްޓްގެ ފޯނުގެ ކޮންޓެންޓް ލީކުވުމަކީ ހަމަ ސީދާ ބިރުދެެއްކުމުގެ ބޭނުމުގައި ކުރާކަމެއްކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނު އަތުލި ފަހުން އެ ފޯނުން ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލީކުވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިއީ ކުޑަކަމެއް ނޫންކަމަށާއި، މިއީ ސީދާ ސަރުކާރު އަޑީގައި އޮވެ ބިރުދެެއްކުމުގެ ބޭނުމުގައި ކުރާކަމެއްކަމަށެވެ. އަދި މިސަރުކާރުން މަސައްކަތް ކުރަނީ އަންހެނުންގެ އަޑު ކަނޑުވާލައި، ބިރުވެރިކަން ހިތަަށް ވެއްދުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ އދ ގެ ހިއުމަން ރައިޓްސް ކައުންސިލް މެމްބަރެއްގެ ހައިސިއްޔަތުން، ޒުވާން އެކްޓިވިސްޓުންނަށް އަނިޔާވެރިވެ، އެމީހުންގެ ހައްގުތައް ނިގުޅައިގަތުމުގެ ބަދަލުގައި އަންހެނުންގެ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރަން ޖެހޭކަމަށެވެ.
މިހެންކަމުން މިސަރުކާރުން ކުރަމުންދާ މިފަދަ ނޭދެވޭ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރުމަށް ޝާހިދު ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ޝިމަންގެ ފޯނުން ފޮޓޯއެއް ލީކުވެފައިވާކަމަށް ބުނާ މައްސަލަ ފެންމަތިވިނަމަވެސް ފުލުހުން ބުނީ ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ހުރި ފޯނަކުން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

The leak of opposition activist's private content from her phone while it was in police custody is nothing short of state sponsored intimidation.
— Abdulla Shahid (@abdulla_shahid) October 12, 2025
The Maldives government is one that tries to terrorise women into silence.
As a member and Vice President of @UN_HRC, the #Maldives…
ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ޝިމަންގެ ފޯނުން ފޮޓޯއެއް ލީކުވެފައިވާކަމަށް ބުނާ މައްސަލަ ފެންމަތިވިނަމަވެސް ފުލުހުން ބުނީ ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ހުރި ފޯނަކުން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު