ޖާންވީ އާއި ލަކްޝިޔަ
ޖާންވީ އާއި ލަކްޝިޔަ
ބޮލީވުޑްގެ މަޝްހޫރު ތަރި ޖާންވީ ކަޕޫރު އާއި މިހާރު ކުރިއަރަމުންދާ ތަރި ލަކްޝިޔަ އެކުގައި ފިލްމަކުން ފެނިދާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ ލަކްޝިޔަ އާއި ޖާންވީ އެކުގައި ކުޅޭ ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމެއް ކަމަށެވެ. ފިލްމަށް ދޭނެ ނަމެއް އަދި ހާމައެއް ނުކުރެއެވެ.

ލަކްޝިޔަ އެންމެ ފަހުން ފެނިވައިވަނީ އަރްޔަން ޚާންގެ ފުރަތަމަ ޑައިރެކްޝަން "ބޭޑްސް އޮފް ބޮލީވުޑް" އިންނެވެ. މި ސީރީސްގައި އޭނާ ކުޅުނު ރޯލަށްވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

މިއަހަރު ޖާންވީގެ ދެ ފިލްމެއް ސިނަމާތަކަށް ނެރެފައިވާއިރު، އެ ދެ ފިލްމަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެއީ ސެޕްޓެމްބަރު މަހު ނެރުނު "ޕަރަމް ސުންދަރީ" އާއި މިހާރު ސިނަމާތަކުގައި އަޅުވަމުންދާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް