ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު
ގަސްގަހާގެހިން ލިބޭ އުފެއްދުންތަކުގެ ހަގީގީ މަންފާ ލިބޭނީ ރައްކާތެރި ދަނޑުވެރިކަމުގެ ނިޒާމެއް ގާއިމްކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވެފައި މިވަނީ މިއަދު ރާއްޖޭގައި ފާހަގަކުރާ ދަނޑުވެރީންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓުގައި މެޑަމް ވަނީ ދިވެހި ބިންތަކުގައި، ޞިއްޙަތަށް އެންމެ ފައިދާހުރި ކާނާ ހޯދޭ ގޮތަށް ދަނޑުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ޞިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ތަހުނިޔާ ދަންނަވާފައެވެ.

މެޑަމް ވިދާޅުވީ ގަސްގަހާގެހިން ލިބޭ އުފެއްދުންތަކުގެ ހަގީގީ މަންފާ ޞިއްޙަތަށް ލިބޭނީ، ރައްކައުތެރިކަން ކަށަވަރު ކުރެވިފައިވާ ދަނޑުވެރި ނިޒާމެއް ޤާއިމު ކުރެވިގެން ކަމަށެވެ.

އަދި ފައިދާހުރި ކާނާ ހޯދޭ ގޮތަށް ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް މެޑަމް ސާޖިދާ ވަނީ ޝުކުރުއަދާކޮށްފައެވެ.

އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދަނޑުވެރީންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރު ގުޅުވާލާފައިވަނީ ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލުމުގެ މުހިންމުކަމުގެ މައްޗަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް