ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައާގުޅިގެން ހައްޔަރުކުރި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުންނެވި ޒިވާރު އިސްމާޢީލް ވަޒީފާއިން ސަސްޕެންޑު ކޮށްފިއެވެ.
ކަސްޓަމްސްއިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ކަސްޓަމްސްއިން ތަހުޤީޤު ކުރަމުންދާ މައްސަލައެއްގައި ހިމެނޭ ސިނގިރޭޓް ގެއްލިފައިވާ މައްސަލައާ ގުޅިގެން، މިއަދުން ފެށިގެން ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް ވަޒީފާއިން ސަސްޕެންޑު ކުރެވިފައިވާ ކަމަށެވެ.
އަދި ތަހުގީގަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ޒިވާރުގެ އިތުރުން މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މުއާޒް އަލީވެސް ވަނީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން މިއަދުން ފެށިގެން ސަސްޕެންޑު ކޮށްފައެވެ.
ސިނގިރޭޓް ގެއްލުނު މައްސަލާގައި ދެން ހައްޔަރުކޮށްފައިވަނީ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ.
މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ސިނގިރޭޓް ވައްކަމުގެ އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތުގައެވެ.
މި މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން މީގެ ތެރެއިން ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ޒިވާރު އިސްމާއިލް ބަންދުކޮށްފައިވަނީ 15 ދުވަހަށެވެ. އަދި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) 10 ދުވަހަށް ބަންދުކޮށްފައިވާއިރު، މުއާޒް އަލީ ބަންދުކޮށްފައިވަނީ 5 ދުވަހަށެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ 6 މުވައްޒަފަކުވެސް ވަނީ ވަޒީފާއިން ސަސްޕެންޑު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު