ކ. އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލި ޙާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރޭ ފަތިހު ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ދަތުރުކުރި ޒުވާނަކު ނިޔާވެފައިވާތީ އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖްގައެވެ. އެގޮތުން އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައި ވަނިކޮށް ފެނުނު ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި ޙާދިސާގައި ނިޔާވި ގއ. ދާންދޫ ސަރުސޫނުގޭ އަޙްމަދު ޝިފާން އަށް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުޢާކޮށް، އޭނާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދޭކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
"މި ޙާދިސާގައި ގެއްލިފައިވާކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ 2 މީހުން ހެޔޮ ޙާލުގައި ތިއްބާ ފެނުން އެދި ދުޢާކުރަން. އަދި، މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ޞިއްޙީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، ޢާއްމު ޙާލަތަކަށް އައުމަށް އެދި ދުޢާކުރަން." ރައީސްގެ މެސެޖުގައިވެއެވެ.
ހަމައެއާއެކު އުޅަނދުން ދަތުރުކުރި ހުރިހާ ފަޅުވެރީންގެ ޢާއިލާތަކަށްވެސް ކެތްތެރިކަން ދެއްވުމަށް ރައީސް ދުޢާ ކުރަށްވާފައިވެއެވެ. އަދި ހުރިހާ ފަޅުވެރީންނާމެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް ދެއްވާނެ ކަމަށާއި، ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޚާއްޞަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.
އޭގެއިތުރުން މޫސުން ގޯސް ޙާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުމަތީގެ ރައްކައުތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކަށް ރައީސް ވަނީ ނަސޭޙަތްތެރިވެ ލައްވާފައެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު އެމްއެންޑީއެފުން މިއަދު ބުނީ ހަތް މީހަކު ތިބި ލޭންޑިންގ ކްރާފްޓުން ދަތުރުކުރި 4 މީހަކުވަނީ ސަލާމަތްކުރެވިފައި ކަމަށާއި، މިހާރު ނުފެނިވާ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު