ބަލިމީހުން ބޭނުންވަނީ މަރުހަބާކިޔާ މާފަތި އަޅުވާނެ ބައެއް ނޫންކަމަށާއި، ބޭނުންވަނީ ރަނގަޅު ފަރުވާއާއި ބޭސްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ބަލި މީހުންނަށް މަރުހަބާ ކިޔައި، އެހީވާން މާލެ ސިޓީ ގްރޫޕްގެ ހޮސްޕިޓަލްތަކަށް އިތުރު މުވައްޒަފުންތަކެއް ހޯދަން މިއަދު ވަނީ އިއުލާން ކޮށްފައެވެ.
އެގޮތުން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރާ މީހުންނަށް އެހީވާން ޕޭޝަންޓް ސަޕޯޓު ކޯޑިނޭޓަރުންގެ 40 މުވައްޒަފުން ބޭނުންވާ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. މި މަގާމުތަކުގެ މުސާރައަކަށް ކަނޑައަޅާފައިވަނީ 12،000 ރުފިޔާއެވެ.
މިކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވައްޑޭ ވިދާޅުވީ ބަލިމީހުން ބޭނުންވަނީ މަރުހަބާ މާފަތި އަޅުވާކަށް ނޫންކަމަށެވެ.
ބަލިމީހުން ބޭނުންވަނީ ރަގަޅު ފަރުވާއާ ބޭސް ލިބެން ހުރުމާއެކު، ސަލާން ނުޖަހައި އާސަންދައާ އެންސްޕާ އެހީ ލިބުން ކަމުގައި ވައްޑޭ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު