ޒުވާނުންގެ މެދުގައި މަސްވެރިކަމަށް އޮތް ޝައުޤު އިތުރުކޮށް، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރި ކުރުވުމަށް ހިންގާ ޚާއްޞަ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިޝަރީސް މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ، ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ތެރެއިން ހިންގޭ ޕްރޮގްރާމެކެވެ. އަދި މިއީ ވަރލްޑު ބޭންކްގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރއިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ފުރުސަތު ދޭން ނިންމާފައި ވަނީ މަސްވެރިކަމަށް އަލަށް ނުކުންނާން ބޭނުންވާ 5 ޒުވާނަކަށެވެ.
މިނިސްޓްރީން ބުނީ ތިން މަސް ދުވަހަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ، ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފައްދައި، އެ ދާއިރާއާ ގުޅުން ހުރި މަސައްކަތްތަކަށް ޒުވާނުން ނެރުން ކަމަށެވެ. އަދި މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު މަޤުޞަދެއް ކަމުގައި މިނިސްޓްރީން ބުނެފައި ވެއެވެ.
ޕްރިގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކިގެ ތެރޭގައި އުމުރުން 24 އަހަރުން ދަށުގެ މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރާކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައި ވުމާއި، މަސްވެރީންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށްވުން ހިމެނެއެވެ.
މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމުގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން ޢަމަލީ ގޮތުން މަސްވެރިކަމުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ބައިވެރީންނަށް ފަހިކޮށްދޭނެ ކަމަށެވެ. އެގޮތުން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީ ގޮތުން މަސްވެރިކަމުގައި ޙަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު، ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.
މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި، ބައިވެރީންނަށް ދުވަހުގެ ޢިނާޔަތް ނުވަތަ ޑެއިލީ އެލަވަންސް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު