މުދާ އުފުލާ ބޯޓެއް ކަމަށްވާ "ނަސްރު" ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ނ. ފޮއްދޫ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ފަށައިފިއެވެ.
މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ 'ނަސްރު' ބޯޓު ދިޔަވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވީ ނިމިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމްއެންޑީއެފުން އެދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބޯޓުގައި ތިބި ފަސް ފަޅުވެރީން ކޯސްޓުގާޑުގެ ހާބާ ކްރާފްޓަށް ނަގާފައިވާ ކަމަށެވެ. މުދާ އުފުލާ މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ވަނީ މާލީގޮތުން ބޮޑު ގެއްލުމެއް ލިބިފައެވެ.
މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ނަސްރު ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ނ.ފޮއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިއުނދަގޫ ހާލަތުން އަރައިގަތުމަށް އެހީތެރި ކަން ފޯރުކޮށްދިނުމުގެ ގޮތުން އެރަށު ރައްޔިތުންނަށް ބޭނުންވާނެ ކާޑުގެ ބާވަތަތަކުގެ ތެރޭގައި ހިމެނޭ ހަނޑޫ، ހަކުރު އަދި ފުށް ފޮއްދޫ އަށް ފޮނުވުމަށް ނިންމާފައި ވާކަމަށެވެ.
"ފޮއްދޫ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަށް މާތްﷲގެ ވާގިފުޅާއެކު މާދަމާ ފޮއްދޫ އަށް ލިބިގެންދާނެ" އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވީ މީގެ އިތުރުން މިވަގުތުން ވަގުތަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދިނުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނެވި، ކުރަންޖެހޭ އެންމެހާ މަސައްކަތެއްވެސް މިހާރު ކުރަމުން ދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު