ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ގދ. ތިނަދޫ ޓުވައިލައިޓް ޝައްމޫން އާދަމް އާއި މ. ސިނައެކަތަ ފާތިމަތު މުމްތާޒާ އާއި ނ. ވެލިދޫ މަނާމް ނިއުމާ މުހައްމަދުގެ ފަރާތުންނެވެ.
އެ ތިން މީހުން ސިވިލްކޯޓުގައި ދައުވާ ކޮށްފައިވަނީ، އެމްކިއުއޭއިން ގަބޫލު ކުރާނެ ކަމަށް ބުނެ އެތަނުގެ ލިޔުން ލިބިގެން، ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުން ގެންދާ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ޕީއެޗްޑީ ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން، އެ ސަނަދު ގަބޫލު ނުކުރުމަށް އެމްކިއުއޭއިން ނިންމުމުންނެވެ.
މިކަމާ ގުޅިގެން އެމްކިއުއޭއިން ބުނީ އެގޮތަށް ނިންމީ 28 މާޗް 2021 ގައި އަމަލުކުރަން ފެށި، "ރާއްޖެއިން ބޭރުގައި މަތީ ތައުލީމުދޭ މަރުކަޒު ތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު" އާ ހަވާލާދީ ކަމަށެވެ.
ސްރީލަންކާގެ އެއިމްސް ކޮލެޖްގައި ކިޔަވައިދޭ ފިލިޕީންސްގެ އޯލްޑާސްގޭޓް ކޮލެޖްގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރަން ނުފެންނަ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން ވަނީ 2021 ގައި ނިންމާފައެވެ.
މައްސަލަ ހުށަހެޅި ތިން މީހުންގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ އެއީ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަމުގެ ލިޔުން ލިބި، ކޯސް ފަށައިގެން ކުރިއަށް ދަނިކޮށް، ކޯހުގެ މެދު ތެރެއިން، އެ ޕްރޮގްރާމްގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެ، އެކަން ބަލަމުން އަންނަ ކަމަށް އެމްކިއުއޭއިން ބުނި ކަމަށެވެ. އެހެންނަމަވެސް އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ދަރިވަރުންގެ ސަނަދު ގަބޫލުކުރާނެ ކަމަށް ލިޔުމުން ދިން ޔަގީންކަމުގެ މައްޗަށް އޮތް އިތުބާރު ބޮޑުކަމުން، އެހެން ޕްރޮގްރާމަކަށް ނުގޮސް ޕްރޮގްރާމް ފުރިހަމަކޮށް ނިންމީ ކަމަށް ވަނީ ބުނެފައެވެ. އަދި ޕްރޮގްރާމް ފުރިހަމަކޮށް ނިންމިތާ އެއް އަހަރު ފަހުން ޕްރޮގްރާމް ގަބޫލު ނުކުރާނެކަމަށް އެންގުމަކީ އިއާދަ ނުކުރެވޭ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ.
އެކަމުގެ ސަބަބުން ގާނޫނު އަސާސީގައި ބަޔާންކުރާ ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގާއި އެ ނިސްބަތުން އުޖޫރަ ލިބުމުގެ ހައްގަށް ހުރަސްއެޅިފައިވާ ކަމަށާއި، އަދި އެފަރާތްތަކުގެ އިހުމާލެއް ބާރެއް، ނެތް ކަމެއްގައި ބޭއިންސާފުން ސައްހަ ނޫން ގޮތެއްގައި އެމްކިއުއޭއިން ނިންމި ނިންމުން ވެފައިވަނީ އެފަރާތްތަކަށް ދެވުނު ބޮޑު އަދަބަކަށް ކަމަށްވެސް ވަނޯ ބުނެފައެވެ.
އެހެންކަމުން އެ ފަރާތްތަކުގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް އޮތޯރިޓީގެ މައްޗަށް އަމުރުކޮށްދިނުމަށް އަދި އެގޮތަށް އަމުރުކޮށް ދެވޭނެ ތަނެއް ނެތްނަމަ، އޮތޯރިޓީގެ އިދާރީ ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޝައްމޫން އާދަމް އަށް 23.6 މިލިޔަން ރުފިޔާ، ނިއުމާ މުހައްމަދާއި ފާތިމަތު މުމްތާޒާ ކުރެ ކޮންމެ މީހަކަށް 16 މިލިޔަން ރުފިޔާ ނަގައިދިނުމަށް ސިވިލްކޯޓުގައި ވަނީ އެދިފައެވެ.
ނަމަވެސް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވަނީ، އެ މީހުންގެ ސަނަދުތައް ޑޮކްޓޯރިއަލް ޑިގްރީއަށް އެކްރެޑިޓް ކުރަން އެމްކިއުއޭއަށް އަމުރު ކުރަން ނުޖެހޭ ކަމަށެވެ.
އެ ފަރާތްތަކުން ކިޔެވި ޕްރޮގްރާމްގައި މައްސަލަތަކެއް ހުރިކަން އޮތޯރިޓީން އަންގާފައިވާ ހިސާބަށް އެފަރާތްތަކުން ކޮށްފައިވާ ހަރަދުތަކާއި އެފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކަށް އޮތޯރިޓީން ޒިންމާވާން ޖެހޭނެ ކަަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެ ފަރާތްތަކުން އެދިފައިވާ އަދަދުތަކަކީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށާއި އެ މިންވަރަށް އެފަރާތްތަކަށް ގެއްލުން ވެފައިވާކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ސިވިލްކޯޓުގެ އެ ނިންމުން އެ ފަރާތްތަކުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމްގައި ވަނީ ސިވިލްކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ. އަދި ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ޝައްމޫނަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (މެނޭޖްމަންޓް) ސަނަދާއި ނިއުމާ އާއި ފާތިމަތު މުމްތާޒާ އަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (އެޑިއުކޭޝަން) ސަނަދު ގަބޫލު ކުރުމަށް ހައިކޯޓުން ވަނީ އެމްކިއުއޭއަށް އަންގާފައެވެ.
ހައިކޯޓުގެ މި ހުކުމް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ ހައިކޯޓުން ކުރި ހުކުމް ބާތިލު ކުރުމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ނިއުމާ މުހައްމަދާއި، ފާތިމަތު މުމްތާޒުގެ ޕީއެޗްޑީ ޕްރޮގްރާމް ފަށައި ނިންމައިފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ރިކޮގްނިޝަން އޮފް ހަޔާ އެޑިއުކޭޝަން ޕްރޮވައިޑާ އެންޑް ޕްރޮގްރާމް ލިޔުން ހޯދަައިގެން ނޫން ކަމަށްވާތީ އެ ފަރާތްތަކަށް ބަދަލު ދޭން ޖެހޭނެތަނެއް ނެތް ކަމަށް ކަނޑައަޅާފަައެވެ.
ނަމަވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޝައްމޫނަށް ދޫކޮށްފައިވާ ރިކޮގްނިޝަން އޮފް ހަޔާ އެޑިއުކޭޝަން ޕްރޮވައިޑާ އެންޑް ޕްރޮގްރާމް ލިޔުމަށް ބަރޯސާވެ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކޮށް އެ ޕްރޮގްރާމްގެ ސަނަދު ވެލިޑޭޓް ކޮށްދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހެޅުމުން އެ ސަނަދު ވެލިޑޭޓް ކޮށް ނުދިނުމަށް އެ އޮތޯރިޓީން ނިންމި ނިންމުމުގެ ސަބަބުން ޝައްމޫނަށް ގެއްލުމެއް ލިބިފައި ވާނަމަ އެ ގެއްލުމުގެ ބަދަލު އޭނާއަށް ލިބިދޭން ޖެހޭ ކަމަށް ހުކުމުގައި ވެއެވެ. އެހެންކަމުން އޭނާއަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ މިންވަރު ކަނޑައެޅުމަށްޓަކައި ހައިކޯޓުން އަލުން ބެލުމަށްޓަކައި މި މައްސަލައެ ކޯޓަށް ތަހުވީލުކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު