ރައީސް މުއިއްޒު އާއި ކުރީގެ ޕީޖީ މުހުތާޒް-
ރައީސް މުއިއްޒު އާއި ކުރީގެ ޕީޖީ މުހުތާޒް-
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ލިޔެވިގެންދާނީ ޝަރުޢީ ދާއިރާއަށް މާލީ މިނިވަންކަން ދެއްވި ފުރަތަމަ ރައީސްގެ ގޮތުގައި ކަމަށް ކުރީގެ ޕްރޮސިކިއުޓާރ ޖެނެރަލް އަލްއުސްތާޛް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒް މިހެން ވިދާޅުވެފައި މިވަނީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ޖުޑިޝަރީ ދާއިރާ އަށް 808 މިލިއަން ރުފިޔާގެ ގްރޭންޓެއް ދޭން ކަނޑައެޅުމާ ގުޅިގެންނެވެ.

މަޖިލީހަށް މިއަދު އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓު ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުން އަލަށް ޖުޑީޝަރީ އަށް މާލީ މިނިވަންކަން ދިނުމަށް މި އަހަރު ނިންމާފައި ވުމުން، އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ބަޖެޓުގައި އެ ދާއިރާ އަށް ހިނގާ ހަރަދު ވާނީ ގްރާންޓަކަށް ބަދަލުކޮށްފައި ކަމަށެވެ. އެ ގްރާންޓަކީ މިހާރު އެ ދާއިރާ އަށް ކުރާ ހަރަދަށް ވުރެ 250 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ބުނީ މިގޮތަށް ގްރާންޓެއްގެ ގޮތުގައި ފައިސާ ދޭން ނިންމީ ޖުޑިޝަރީ މިހާރަށް ވުރެ މިނިވަން ކަމާއެކު ހިންގައި، ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމުގެ ގޮތުން ކަމަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މުހުތާޒް ވިދާޅުވީ މިއަދަކީ ވަކި ބާރެއްގެ ގޮތުގައި ޝަރުއީ ދާއިރާ މިނިވަންވީއްސުރެން އެދާއިރާއިން ކުރަމުން އައި ފޮނި އުންމީދުގައި ހަގީގީ ކުލަޖެހުނު ދުވަސް ކަމަށެވެ.

"ރައީސް ޑރ. މުއިއްޒުގެ ނަންފުޅު ލިޔެވިގެންދާނީ ޝަރުއީދާއިރާއަށް މާލީ މިނިވަންކަމާއި ބާރުވެރިކަން ދެއްވި ފުރަތަމަ ރައީސްގެ ގޮތުގައި" މުހުތާޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު